"އޭޝިއަން ސާރފިންގ ޗެމްޕިއަންޝިޕް 2023" މިއަދު ރާއްޖޭގައި ފަށައިފިއެވެ.
މާލެއަތޮޅު ތުލުސްދޫގައި ކުރިއަށްދާ މި މުބަރާތް ހުޅުއްވައިދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ.
މި މުބާރާތަކީ އިންޓަރނޭޝަނަލް ސާރފިން އެސޯސިއޭޝަންގެ އޭޝިއަން ސާރފިންގ ފެޑެރޭޝަން އަދި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓާއި މޯލްޑިވްސް ސާރފިންގ އެސޯސިއޭޝަން ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.
ޖުލައި 8 އިން 17 އަށް ކުރިއަށް ގެންދާ މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި އޭޝިއަން ފެޑެރޭޝަންގެ ފަރާތުން ވަނީ ރައީސް އަށް ޚާއްޞަ ހަނދާނީ ފިލައެއް އަރުވާފައެވެ.
"އޭޝިއަން ސާރފިންގ ޗެމްޕިއަންޝިޕް 2023" ހުޅުއްވައި ދެއްވުމަށް ފަހު ރައީސް ޞާލިޙް ވަނީ، މި މުބާރާތަށް ތައްޔާރުކުރެވިފައިވާ ތަންތަން ބައްލަވާލައްވާފައެވެ.
އޭޝިއަން ސާރފިންގ ޗެމްޕިއަންޝިޕްއަކީ، 2004ވަނަ އަހަރުން ފެށިގެން އޭޝިއާގެ ހުރިހާ ޤައުމުތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ އޭޝިއާގެ އެންމެ ބޮޑު ރާޅާއެޅުމުގެ މުބާރާތެވެ.
މިއަހަރުގެ މުބާރާތުގައި، ދުނިޔޭގެ 18 ޤައުމަކުން ވަނީ ބައިވެރިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!