ބޮޑު ޢީދު ވިލޭރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ވަރަށް ބޮޑަށް އަނިޔާވެފައިވާ ގައުމީ ޔުނިވާސިޓީގެ ސީނިއާ ލެކްޗަރާ އަލީ ހަފީޒް އިތުރު ފަރުވާއަށް ބޭރަށް ގެންގޮސްފި އެވެ.
ބޮޑު ޢީދު ވިލޭރޭ ފަތިސް ނަމާދަށްފަހު، މަޖީދީމަގު ރެޑްވޭވް ހިސާބުން މަގު ހުރަސް ކުރަނިކޮށް ބާރަށް ދުއްވާފައި އައި ސައިކަލަކުން ހަފީޒުގެ ގައިގާޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވެ، ހަފީޒަށް ފަރުވާދެމުން އައީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ބާއްވައިގެންނެވެ.
އޭނާގެ ހާލު ދެރަކަމުން ކޮމާޝަލް ފްލައިޓެއްގައި ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ގެންދެވެން ނެތުމުން އޭނާ ބޭރަށް ގެންގޮސްފައި ވަނީ އެއާ އެންބިއުލެންސެއްގައެވެ.
އިތުރު ފަރުވާއަށް ހަފީޒު ގެންދިޔައީ އިންޑިއާގެ ކޮޗިންނަށެވެ.
ހިދުމަތްތެރިޔާ ހަފީޒު ބޭރަށް ގެންދަން އެހީތެރިވުމުގެ ފުރުސަތު
ހަފީޒަކީ ޤައުމީ ޔުނިވާސިޓީގައި ގައުމު ބިނާ ކުރުމަށް ދަރިވަރުންނަށް އުނގަންނައިދިނުމުގައި 18 އަހަރު ޤައުމީ ޚިދުމަތުގައި ހުންނެވި ބޭފުޅެކެވެ.
މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ރޭ ފަތިހު ހިނގި މި އެކްސިޑެންޓްގައި ހަފީޒުގެ ގައިގާޖެހި ޖެހުނު ސައިކަލު ދުއްވާފައިވަނީ އުމުރުން 22 އަހަރުގެ ޒުވާނެކެވެ. އޭނާ އަކީ ސައިކަލު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫނެވެ.
އެ ޒުވާނާ ވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!