މާލެއިން ފުރައިގެން ދަތުރު ކުރި މުދާ އުފުލާ ދޯންޏެއް އަޑިއަށް ގޮސްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލެއިން ފުރައިގެން އދ. މަހިބަދޫ އަށް ދަތުރުކުރި މުދާ އުފުލާ ދޯންޏެއް އަޑިއަށް ދާތީ އެ އިދާރާއަށް މައުލޫމާތު ލިބުމުން މަހިބަދޫގައި ތިއްބަވާ ޕޮލިހުން އެ ދޯނި އޮތް ސަރަހައްދަށް ދިޔަ ކަމަށެވެ.
އެ ދޯނި އެއްކޮށް އަޑިއަށް ގޮސްފައިވާއިރު، އޭގައި ތިބި 8 މީހުން ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
‘’ރިކާޑޯ’’ ނަމަކަށް މި ދޯނި އަޑިއަށް ގޮސްފައި ވަނީ އަލިހުރަސް ކަނޑު ތެރެއަށެވެ.
މަހިބަދޫ ޕޮލިސް ލޯންޗަށް މި ދޯނީގައި ތިބި 8 މީހުން ނަގައިގެން މަހިބަދޫއަށް ގެންދިޔުމަށް ދަނީ ދަތުރު ކުރަމުންނެވެ.
އެ އެއްނެމެންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!