ޔާމީން އިސްވެ އުފައްދަވާ ޕާޓީގެ ނަމަކީ ޕީޕަލްސް ނެޝަނަލް ފްރަންޓް
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ރައީސްކަމުގައި ކުރިން ހުންނެވި ކުރީގެ ރައީސް ޢަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް އިސްވެ ހުންނަވާ، އަލަށް އުފައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ޕާޓީއަށް ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ކިޔަން ނިންމައިފިއެވެ. ޔާމީން އަލަށް އުފައްދަން ނިންމާފައިވާ ޕާޓީގެ ރަސްމީ ”އެކްސް” ހޭންޑް ވެސް މިރޭ ޢާންމުކުރައްވާފައިވާއިރު، އެ ޕާޓީގެ ލޯގޯ ވެސް މިރޭ ވަނީ ދައްކައިލާފައެވެ. މި ޕާޓީގެ ރަސްމީ ކުލައެއް ކަމަށް ކަނޑައަޅާފައި ވަނީ ދަނބު ކުލަ އެވެ. بِسْمِ اللهِ [...