މަސްއޫލިއްޔަތަކީ ބޮޑު ޒިންމާއެއް ކަމަށާއި، ނާޖާއިޒުގޮތުގައި މަސްއޫލިއްޔަތު އަދާކޮށްފިނަމަ ޤިޔާމަތް ދުވަހުން އެކަން އެހެންކުރި މީހަކަށް ސަހަރޯއޭ ހީވާނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
މިއަދުގެ ޚުޠުބާގެ މައުޟޫ އަކީ ''އަމާނާތްތެރިކަމާއެކު މަސްއޫލިއްޔަތު'' އެވެ.
މިއަދުގެ ޚުޠުބާގައި ބުނެފައިވާގޮތުގައި ކަންކަން އޮޅުންބޮޅުންނުވެ ފާލުންނެއްޓި ނުދިޔުމަށް މީސްތަކުންގެ ކަންތައްތައް އިސްލާޙްކޮށް ބެލެހެއްޓުމަށް މަސްއޫލުވެރިއަކު ހުންނަންޖެހޭ ކަމަށެވެ. ކޮންމެ މީހަކު އެމީހަކު ހަވާނަފްސާއެއްގޮތައް ކަންތައް ކުރަން ފަށައިފިނަމަ، ކަންތައްތައް ބޮއްސުންލައިފާނެ ކަމަށާއި، އެެހެންކަމުން މަސްއޫލުވެރިއަކު ބޭނުންވާކަމަށް ޚުޠުބާގަ ބުނެފަވެއެވެ.
އެހެންނަމަވެސް، މި މަސްއޫލުވެރިޔާ އޭނާގެ މަސްއޫލިއްޔަތު އަދާނުކޮށް، ޒާތީ މަސްލަހަތު އިސްކޮށް ނަހަމަގޮތުގައި އޭނާގެ މަގާމުގެ ބޭނުންކޮށްފިނަމަ، އޭނާ ވަނީ އޭނާ އާއި ހަވާލުވި އަމާނާތަށް ޚިޔާނާތްތެރިވި މީހެއްކަމުގައި ކަމަށް ޚުޠުބާގައި ބުނެފަ ވެއެވެ.
''މަސްއޫލިއްޔަތަކީ ލުއިފަސޭހަ ކަމެއް ކަމަށް ހީނުކުރާށެވެ. އެއީ ހަމައެކަނި އަމުރުކުރުމާއި މަނާކުރުން ކަމަށް ނުދެކޭށެވެ! އެއީ ބައެއްގެ މައްޗަށް އަތްގަދަކުރުން ކަމަށް ނުދެކޭށެވެ! އެހެނަސް މިއީ ބޮޑެތި ޒިންމާތަކެކެވެ. ނާޖާއިޒުގޮތުގައި މިކަންކޮށްފިނަމަ ޤިޔާމަތްދުވަހުން ''ސަހަރޯއޭ'' ބުނަންޖެހޭނެއެވެ. މާތްﷲ އެންގެވިގޮތައް މަސްއޫލިއްޔަތު އަދާކުރުމުގައި ގަދައަޅައި މަސައްކަތްކުރާށެވެ!'' ޚުޠުބާގަ ވެއެވެ.
ޚުޠުބާގައި ބުނެފައިވަނީ ތިމާއާއި ހަވާލުވި މައްސޫލިއްޔަތު އަދާކުރިގޮތާމެދު ޤިޔާމަތްދުވަހުން ސުވާލުކުރެވޭނެ ކަމަށާއި، އެ ސުވާލަށް ޖަވާބުދިނުމަށް ތައްޔާރު ވުމަށް ވެސް ޚުޠުބާގައި ބުނެފަ ވެއެވެ.
ޚުޠުބާގައި ބުނެފައިވާގޮތުގައި ބައެއް މީހުންނަށް މަސްއޫލިއްޔަތުގެ މަހްފޫމް ވަނީ އޮޅިފައެވެ. އެފަދަ މީހުން އެއީ ފަޚްރުވެރިކަމާއި ޝަރަފްވެރިކަމެއް ކަމަށް ދެކޭކަމަށާއި، އަދި އެއީ ތިމާގެ ބާރާއި މުއްސަނދިކަން ދައްކަން ހުޅުވޭ ދޮރެއްކަމަށް ވެސް އެފަދަ މީހުން ދެކޭކަމަށެވެ.
ފަހުޒަމާނުގައި މަސްއޫލިއްޔަތުތަކާއި ހަވާލުވާ މީހުންގެ އެކަމުގެ ގާބިލުކަން ނުހުންނާނެކަމަށް رسول الله صلى الله عليه وسلم ޚަބަރު ދެއްވާފައިވާ ކަމަށް ވެސް ޚުޠުބާގައި ބުނެފައި ވެއެވެ.
މިއަދުގެ ހުކުރު ޚުޠުބާ އެއްކޮށް ވިދާޅުވުމަށް: ''އަމާނާތްތެރިކަމާއެކު މަސްއޫލިއްޔަތު''
ކިޔުންތެރިންގެ ޚިޔާލުތައް
Na jaiz gothugai rayyitunah doguhadhai verikamah aumakee Islaamun kuraane kameh noon