އައްޑޫ އަތޮޅަށް ނިސްބަތްވާ، އާއިޝަތު ވިސާމާ (ކަދުރުމާގެ/ސ.ހިތަދޫ) ގެެއްލިގެން އޭނާ ހޯދުމަށް، ފުލުހުންގެ ޚިދުމަތުގެ ފަރާތުން އާންމުންގެ އެހީތެރިކަށް މިއަދު އެދިއްޖެ އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އުމުރުން 39 އަހަރުގެ ވިސާމާގެ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އެ އިދާރާއަށް މި މަހުގެ 19 ވަނަ ދުވަހު ވަނީ ޢާއިލާގެ ފަރާތުން ރިޕޯޓުކޮށްފައެވެ. އެހެންވެ އޭނާ ހޯދުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއެވެ.
''އާއިޝަތު ވިސާމާ ނޮވެމްބަރު 16 ވަނަ ދުވަހު މާލެ ގޮސްފައިވާ ކަމަށާއި އޭނާގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ ނޮވެމްބަރު 18 ވަނަ ދުވަހު ފޯނުންކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވޭ.'' ފުލުހުން ވިދާޅުވެފަ ވެއެވެ.
ވިސާމާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791382 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދިލައްވާފައި ވެއެވެ.
މި މަހުގެ 14 ވަނަ ދުވަހު ހދ. ކުޅުދުއްފުށި ސިޓީ އަށް ނިސްބަތްވާ އެރަށު ލަންދޫގެ، އަބްދުﷲ އިބްރާހިމް ހޯދަން ވެސް ފުލުހުން ޢިއުލާން ކުރިއެވެ. އޭނާ ހޯދަމުން ދަނިކޮށް އޭނާ ހުރީ މާލޭގައި ކަމާއި ހާލު ރަނގަޅުކަމަށް ނޮވެމްބަރު 16 ވަނަ ދުވަހު އޭނާ ވަނީ އާއިލާއަށް ގުޅައި ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!