Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,447 Stories
2,636 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ފިއްލަދޫން ވިޔަފާރި އުސޫލުން ދިރޭތަކެތި ގެންގުޅުމުގެ މަސައްކަތަށް ބިން ދޫކުރުމަށް ހުޅުވާލައިފި
Thiladhunmathi News

ފިއްލަދޫން ވިޔަފާރި އުސޫލުން ދިރޭތަކެތި ގެންގުޅުމުގެ މަސައްކަތަށް ބިން ދޫކުރުމަށް ހުޅުވާލައިފި

ހއ. ފިއްލަދޫގައި ވިޔަފާރި އުސޫލުން ދިރޭތަކެތި ގެންގުޅުމުގެ މަސައްކަތަށް ބިން ދޫކުރުމަށް އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ. މި ފުރުސަތު ހުޅުވާލައި ފިއްލަދޫ ކައުންސިލުން ކުރި ޢިއުލާނެއްގައި ބުނީ މި މަސައްކަތަށް 5000 އަކަފޫޓްގެ 4 ބިން އެރަށުން ދޫކުރުމަށް ނިންމާފައިވާކަމަށެވެ. މި ބިންތައް ދޫކުރުމަށް ނިންމާފައި ވަނީ ފިއްލަދޫގެ ފަސްމަގު (ނަރުދަމާ އައުޓް ފޯލް އަޅާފައިވާ މަގުގެ) އުތުރުންނެވެ. ފިއްލަދޫ ކައުންސިލުން މި ބިންތައް ދޫކުރުމަށް ނިންމާފައި ވަނީ ވިހި އަހަރު ދުވަހުގެ މުއްދަތަށެވެ. ވިޔަފާރި އުސޫ...

ކުޅުދުއްފުށީގެ ޑަބްލިޔުޑީސީ ނެޓްބޯލް ޗެލެންޖް ރާވާ ހިންގަން ޓީމް ބިއާރޑް އަށް
International

ކުޅުދުއްފުށީގެ ޑަބްލިޔުޑީސީ ނެޓްބޯލް ޗެލެންޖް ރާވާ ހިންގަން ޓީމް ބިއާރޑް އަށް

ކުޅުދުއްފުށީ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ ”ޑަބްލިޔު.ޑީ.ސީ ނެޓްބޯލް ޗެލެންޖް 2026″ ރާވާ ހިންގަން ޓީމް ބިއާރޑް އާއި ހަވާލުކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި މުބާރާތް ހިންގުމުގެ އެއްބަސްވުމުގައި ޑަބްލިޔުޑީސީގެ ފަރާތުން ސޮއިކުރެއްވީ ރައީސާ އައިމިނަތު އިބްރާހީމެވެ. ޓީމް ބިއާރޑްގެ ފަރާތުން ސޮައިކުރެއްވީ އަހްމަދު އާސިފެވެ. 25 ދުވަހަށް ވެވުނު މި އެއްބަސްވުމުގެ އަގަކީ 143,640.00 ރުފިޔާއެވެ. މި މުބާރާތުގައި ހޮވާ ވަނަތަކުގެ ތ...

ގެއްލުނު މީހުން ހޯދަން 7482 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ބަލައިފި
Raajje

ގެއްލުނު މީހުން ހޯދަން 7482 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ބަލައިފި

ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި “ފްރެންޑް 4” ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް މިހާތަނަށް 7482 އަކަ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. މި ހާދިސާގައި ގެއްލިފައިވަނީ ސިފައިންގެ މީހަކާއި، ފުލުހަކާއި އަދި އެ ދޯނީގެ ކައްޕިއެވެ. ހިލަ އާއި ހިލަވެލި ބަރުކޮށްގެން ޅ. އަތޮޅު ހަނޑަސް ކިޔާ ފަޅު ރަށަކަށް ދަތުރުކުރި މި ދޯނި އަޑިއަށް ދިޔައީ 5 އޯގަސްޓް 2026 ވީ […]

ކެލާގައި "ދަނޑުވެރި މަންފާ" ގްރާންޓްގެ ދެވަނަ ބުރާއި "ދަނޑުވެރި ނަފާ" ފައިނޭންސިންގ އިފްތިތާޙްކޮށްފި
Thiladhunmathi News

ކެލާގައި "ދަނޑުވެރި މަންފާ" ގްރާންޓްގެ ދެވަނަ ބުރާއި "ދަނޑުވެރި ނަފާ" ފައިނޭންސިންގ އިފްތިތާޙްކޮށްފި

ހއ. ކެލާގައި ބޭއްވި ރަސްމިއްޔާތެއްގައި “ދަނޑުވެރި މަންފާ” އެގްރިބިޒްނަސް މެޗިން ގްރާންޓް ޕްރޮގްރާމްގެ ދެވަނަ ބުރާއި، އިސްލާމީ ފައިނޭންސިންގ ނިޒާމަށް ބަދަލުކޮށްފައިވާ “ދަނޑުވެރި ނަފާ” ފައިނޭންސިންގ ފެސިލިޓީ ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. މިއީ ދިވެހި ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ. މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދޭ...

ނޮޅިވަރަމް ކުޅީގެ ހިތްގައިމުކަން ދެކިލަން ޕްލެޓްފޯމެއް
Thiladhunmathi News

ނޮޅިވަރަމް ކުޅީގެ ހިތްގައިމުކަން ދެކިލަން ޕްލެޓްފޯމެއް

ހދ. ނޮޅިވަރަމް ކުޅީގެ ހިތްގައިމުކަން ދެކިލަން ޕްލެޓްފޯމެއް ތަރައްގީކޮށްފިއެވެ. އެ ރަށުގެ ކުޅި ސަރަހައްދުގައި ތަރައްޤީކުރި އައު ޖެޓީ ޕްލެޓްފޯމްގެ މަސައްކަތްކޮށްދީފައި ވަނީ އާރުޑީސީގެއިޖުތިމާއީ ޒިންމާގެ ދަށުން އެ ކުންފުނިން ނޮޅިވަރަމް ރައްޔިތުންނާއި ކައުންސިލްގެ އެހީތެރިކަމާއެކުގައެވެ. އާރުޑީސީން އިއްޔެ ބުނިގޮތުގައި ނޮޅިވަރަމް ކައުންސިލުގެ އެދުމުގެ މަތިން، އެ ރަށުގެ ކުޅި ސަރަހައްދުގައި ތަރައްޤީކުރި އައު ޖެޓީ ޕްލެޓްފޯމްގެ މަސައްކަތް މިހާރު ވަނީ ނިންމާލެވިފައިއެވެ. މި ޕްލެޓްފޯމްގެ މަސައްކަތަށް ބޭނުނ...

''ދީންވެރި މުސްލިމަކީ އެހެން މީހުންނަށް އުނދަގޫކޮށް، އަމިއްލަ ނަފުސަށް ޓަކައި ބަދަލުހިފާ މީހެއް ނޫން''
Column

''ދީންވެރި މުސްލިމަކީ އެހެން މީހުންނަށް އުނދަގޫކޮށް، އަމިއްލަ ނަފުސަށް ޓަކައި ބަދަލުހިފާ މީހެއް ނޫން''

ދީންވެރި މުސްލިމަކީ އެހެން މީހުންނަށް އުނދަގޫކޮށް، އަމިއްލަ ނަފުސަށް ޓަކައި ބަދަލުހިފާ މީހާއެއް ނޫންކަން މިއަދުގެ ހުކުރު ހުތުބާގައި ހަނދާންކޮށްދީފިއެވެ. “މަޑުމައިތިރިކަން އިސްކުރުން” މި މައުޟޫއަށް ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ހުތުބާގައި ބުނީ، އިސްލާމްދީނަކީ އަޅުކަމުގެ އިތުރަށް ދޭދޭ ފަރުދުންނާއި ޖަމާޢަތުގެ މެދުގައި މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤު އިސްކުރުމަށް ބާރުއަޅާ ފުރިހަމަ ދީނެއް ކަމަށެވެ. މި ހުތުބާގައި ގެނެސްދީފައިވާ މަތިވެރި ނަސޭހަތްތަކުން ބައެއް ނަސޭހަތްތަކަކީ، އަޚުލާޤީ ރިވެތ...

ހަނިމާދޫގައި ކުރިއަށްގެންދިޔަ ޕެސްޓް ކޮންޓްރޯލްކުރުމުގެ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމް ނިންމާލައިފި
Thiladhunmathi News

ހަނިމާދޫގައި ކުރިއަށްގެންދިޔަ ޕެސްޓް ކޮންޓްރޯލްކުރުމުގެ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމް ނިންމާލައިފި

ހދ. ހަނިމާދޫގައި ކުރިއަށް ގެންދިޔަ ގަސްގަހާގެއްސަށް ޖެހޭ ބަލިތަކާއި ފަނިފަކުސަ ނުވަތަ ޕެސްޓް ކޮންޓްރޯލްކުރުމުގެ ހުނަރު ދަސްކޮށްދޭ ތަމްރީން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި އޮގަސްޓް މަހުގެ 2 އިން 6 އަށް ހަނިމާދޫގައި ކުރިއަށްދިޔަ މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އާއި ޗައިނާއިން ދިވެހިރައްޖެއަށް ކަނޑައަޅުއްވާފައި ހުންނ...

ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުވާ މީހަކު ހައްޔަރުކޮށްފި
Raajje

ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުވާ މީހަކު ހައްޔަރުކޮށްފި

ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ސ. މަރަދޫއިން ފުލުހުން ހައްޔަރުކޮށްފިއެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ ވަގަށްނަގާ ތަކެތި ނުއަގުގައި ގަންނަ ފަރާތްތަކަށް އަމާޒުކޮށްގެން އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ. ފުލުހުން ބުނީ މި އޮޕަރޭޝަންގެ ތެރެއިން ސ. މަރަދޫ ފާގަތިގެ ބަލައިފާސްކުރިއިރު، ނުއަގުގައި ގަނެފައިވާ ކަމަށް ބެލެވޭ 65 އައިޓަމެއް ފެނިފައިވާ ކަމަށެވެ. މި ތަކެއްޗަކީ އައްޑ...

އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވާ ކުޅުދުއްފުށީގެ ފަންނުވެރިންނަށް ޓިކެޓާއި އިނާޔަތް ދެނީ
Thiladhunmathi News

އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވާ ކުޅުދުއްފުށީގެ ފަންނުވެރިންނަށް ޓިކެޓާއި އިނާޔަތް ދެނީ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގައި ބައިވެރިވާ ކުޅުދުއްފުށީ ސިޓީގެ ފަރާތްތަކަށް ދެކޮޅު ޓިކެޓް ހަމަޖައްސައިދިނުމާއެކު، ކޮންމެ ބައިވެރިއަކަށް 5000 ރުފިޔާގެ އިނާޔަތެއް ދިނުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނިންމައިފިއެވެ. މިގޮތަށް ނިންމާފައިވަނީ 05 އޮގަސްޓް 2026 ގައި ބޭއްވުނު ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ފަސްވަނަ ދައުރުގެ 12 ވަނަ އާންމު ބައްދަލުވުމުގައެވެ. މި ނިންމުމަކީ މައުރަޒުގައި ބައިވެރިވާ ކުޅުދުއްފުށީ ސިޓީގެ އުފެއްދުންތެރިންނަށް ހިތްވަރުދީ، އެފަރާތްތަކަށް މާލީ ގޮތުން އެހީތެރ...

ހަނިމާދޫގައި ކުދި ރުކުމަޑިއަށް ޤުދުރަތީގޮތުން ޙަމަލާދޭ ސޫފާސޫފި އާލާކުރާ މަރުކަޒެއް ހުޅުވައިފި
Thiladhunmathi News

ހަނިމާދޫގައި ކުދި ރުކުމަޑިއަށް ޤުދުރަތީގޮތުން ޙަމަލާދޭ ސޫފާސޫފި އާލާކުރާ މަރުކަޒެއް ހުޅުވައިފި

ކޮކޮނަޓް ލީފް ބީޓްލް ނުވަތަ ކުދި ރުކުމަޑިއަށް ޤުދުރަތީގޮތުން ޙަމަލާދޭ ފައިދާހުރި ސޫފާސޫފި އާލާކުރުމަށްޓަކައި ހދ. ހަނިމާދޫ ހެލްތް ސެންޓަރުގައި ޤާއިމުކުރި “ޕާމް ޕެސްޓް ބައިއޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިންގ ސެންޓަރު” މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ޤާއިމުކޮށްފައިވާ މި މަރުކަޒު ހުޅުވައިދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އާއި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަނ...

ހަނިމާދޫގެ ޕާކްތަކަށް ބޭނުންވާ ސާމާނު ސަޕްލައިކޮށް އިންސްޓޯލްކުރުމަށް 2.7 މިލިއަން ރުފިޔާ އަށް ''މިނެޓް ޕްލަސް'' އަށް
Thiladhunmathi News

ހަނިމާދޫގެ ޕާކްތަކަށް ބޭނުންވާ ސާމާނު ސަޕްލައިކޮށް އިންސްޓޯލްކުރުމަށް 2.7 މިލިއަން ރުފިޔާ އަށް ''މިނެޓް ޕްލަސް'' އަށް

ހދ. ހަނިމާދޫގެ ކުޑަކުދިންގެ ޕާކްތަކާއި އާންމު މައިޒާންތަކަށް ބޭނުންވާ ސާމާނު ސަޕްލައިކޮށް، އެތަކެތި އިންސްޓޯލްކުރުމަށް އެރަށުގެ ކުންފުންޏެއްކަމަށްވާ މިނެޓް ޕްލަސް ޕްރައިވެޓް ލިމިޓެޑް އާއެކު ހަނިމާދޫ ކައުންސިލުން އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ހަނިމާދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޢަލީ އިބްރާހީމެވެ. އަދި މިނެޓް ޕްލަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އިސްވެރިއާ އާދަމް އިބްރާހީމެވެ. ޖުމްލަ 2,774,736.00 ރުފިޔާ ހަރަދުކޮށ...

ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ވާރކްޝޮޕެއް ތަރައްޤީ ކުރުމަށް ބެންޒީއަށް
Thiladhunmathi News

ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ވާރކްޝޮޕެއް ތަރައްޤީ ކުރުމަށް ބެންޒީއަށް

ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ވާރކްޝޮޕެއް ތަރައްޤީ ކުރުމަށް ބެންޒީ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނި ގޮތުގައި، މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ކައުންސިލްގެ ފެސިލިޓީތަކާއި މުނިސިޕަލް މަސައްކަތްތަކަށް ބޭނުންވާ ކުދި މަރާމާތުތަކަށް ބޭނުންވާ ތަކެތި ތައްޔާރުކުރުމެވެ. މީގެ ތެރޭގައި ވަޑާމާއި ވެލްޑިންގ ފަދަ މަސައްކަތްތައް ކުރުމަށް މުވައްޒަފުންނަށް އެކަށީގެންވާ ވަޞީލަތްތަކާއި ރައްކާތެރި މަސައްކަތުގެ މާހައުލެއް ޤާއިމުކުރ...

ހުޅުމާލޭގައި ހިންދޫ ދީނަށް އަޅުކަން ކުރި ނޭޕާލު މީހަކު ހައްޔަރުކޮށްފި
Raajje

ހުޅުމާލޭގައި ހިންދޫ ދީނަށް އަޅުކަން ކުރި ނޭޕާލު މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގުޅުވައިދޭ ހުޅުމާލެ ޗެނަލް ޕާކު ބްރިޖް ސަރަހައްދުގައި އަންހެނަކު ހިންދޫ ދީނަށް އަޅުކަންކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން، އެ މައްސަލައިގައި ތުހުމަތުކުރެވޭ ނޭޕާލް އަންހެންމީހާ ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 2026 ޖުލައި 25 ވަނަ ދުވަހުއެވެ. އެ ސަރަހައްދުގައި އަންހެނަކު ހިންދޫ ދީނަށް އަޅުކަންކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެ މީހާ ހޯދުމުގެ […]

ދިރުވާލައިގެން 66 ބުލެޓް ޑްރަގް އެތެރެކުރަން އުޅުނު މީހަކު އަތުލައިގެންފި
Raajje

ދިރުވާލައިގެން 66 ބުލެޓް ޑްރަގް އެތެރެކުރަން އުޅުނު މީހަކު އަތުލައިގެންފި

ގިނަ އަދަދެއްގެ މަސްތުވާތަކެތި ހަށިގަނޑުގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު މީހަކު މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ. ކަސްޓަމްސް އިން ބުނިގޮތުގައި މި މީހާ އަތުލައިގަނެފައިވަނީ 19 ޖުލައި 2026 ގައެވެ. ކަސްޓަމްސްއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި މީހާގެ ހަށިގަނޑުން ޖުމްލަ 66 ބުލެޓް ފެނިފައިވެއެވެ. މި ތަކެތީގެ ބާވަތަކީ ކޮކެއިން ކަމަށް ކަސްޓަމްސްއިން ވަނީ ކަށަވަރުކޮށްދީފައެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 1180 ގްރާމް ހުރި އ...

އުކުޅަހުގައި 50 ހައުސިން ޔުނިޓާއި ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ފަށައި، އައުޓްޑޯ ވޮލީ ކޯޓު ހުޅުވައިފި
Raajje

އުކުޅަހުގައި 50 ހައުސިން ޔުނިޓާއި ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ފަށައި، އައުޓްޑޯ ވޮލީ ކޯޓު ހުޅުވައިފި

އއ. އުކުޅަހުގައި 50 ހައުސިން ޔުނިޓުގެ ބިންގާ އަޅައި، ސްޕޯޓްސް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފަށައި އައުޓްޑޯ ވޮލީ ކޯޓު ހުޅުވައިފިއެވެ. މި ދެ މަޝްރޫޢޫ ފަށައި އައުޓްޑޯ ވޮލީ ކޯޓު ހުޅުވާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުން އުކުޅަހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ ބިނާރާއި ގެދޮރުވެރިކަމާ އުމްރާނީ ތަރައްޤީއާއި ބެހޭ […]