ހދ. ނޮޅިވަރަމް ކުޅީގެ ހިތްގައިމުކަން ދެކިލަން ޕްލެޓްފޯމެއް ތަރައްގީކޮށްފިއެވެ.
އެ ރަށުގެ ކުޅި ސަރަހައްދުގައި ތަރައްޤީކުރި އައު ޖެޓީ ޕްލެޓްފޯމްގެ މަސައްކަތްކޮށްދީފައި ވަނީ އާރުޑީސީގެއިޖުތިމާއީ ޒިންމާގެ ދަށުން އެ ކުންފުނިން ނޮޅިވަރަމް ރައްޔިތުންނާއި ކައުންސިލްގެ އެހީތެރިކަމާއެކުގައެވެ.
އާރުޑީސީން އިއްޔެ ބުނިގޮތުގައި ނޮޅިވަރަމް ކައުންސިލުގެ އެދުމުގެ މަތިން، އެ ރަށުގެ ކުޅި ސަރަހައްދުގައި ތަރައްޤީކުރި އައު ޖެޓީ ޕްލެޓްފޯމްގެ މަސައްކަތް މިހާރު ވަނީ ނިންމާލެވިފައިއެވެ.
ނޮޅިވަރަމް ކުޅި ސަރަހައްދުގައި ތަރައްގީކުރި ޕްލެޓްފޯމް، ފޮޓޯ: އާރުޑީސީ
މި ޕްލެޓްފޯމްގެ މަސައްކަތަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނީ ނޮޅިވަރަމް ކައުންސިލުންނެވެ.
ނޮޅިވަރަމް ކައުންސިލުން ބުނެފައިވާގޮތުގައި އެ ޕްލެޓްފޯމް ރައްޔިތުންނަށް ހުޅުވާލާނެ ތާރީޚެއް ފަހުން ހިއްސާކުރާނެއެވެ.
ނޮޅިވަރަމަކީ ގުދުރަތީ ވަރަށްބޮޑު ހިތްގައިމު ކުޅިއެއް އޮންނަ ރަށެކެވެ. އެރަށު ކުޅީގައި ޕްލެޓްފޯމެއް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން މިދިޔަ އަހަރު ޑިސެމްބަރުގައި ކައުންސިލުން ޢިއުލާން ވެސް ކުރިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!