މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,453 Stories
3,137 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ރޯދަ މަހުގެ ފަހު ދިހައެއް ބަންދުކޮށް، ރަސްމީކޮށް އިއުލާނުކޮށްފި
Raajje

ރޯދަ މަހުގެ ފަހު ދިހައެއް ބަންދުކޮށް، ރަސްމީކޮށް އިއުލާނުކޮށްފި

ރައީސް ޑރ. މުހައްމަދު މުޢިއްޒު، ރަމަޟާން މަހުގެ (ރޯދަ މަހުގެ) ފަހު ދިހަ އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ގޮތުގައި ހަމަޖެއްވިކަން މިއަދު ރަސްމީކޮށް ޢިއުލާންކޮށްފިއެވެ. ރައީސް މުޢިއްޒު ވަނީ މި އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ހަމަޖައްސަވާފައެވެ. ރަމަޟާން މަހުގެ ފަހުދިހަޔާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް […]

މިއަދު މަޣްރިބް ނަމާދުން ފެށިގެން ގުނޫތު ކިޔުން ވަގުތީ ގޮތުން ހުއްޓާލަނީ
Raajje

މިއަދު މަޣްރިބް ނަމާދުން ފެށިގެން ގުނޫތު ކިޔުން ވަގުތީ ގޮތުން ހުއްޓާލަނީ

މިއަދު މަޣްރިބް ނަމާދުން ފެށިގެން ގުނޫތު ކިޔުން ވަގުތީ ގޮތުން ހުއްޓާލަން އިސްލާމީކަންތައްތަކާބެހޭ ވުޒާރާއިން އަންގައިފިއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކަމާބެހޭ އިދާރާތަކަށް އިއްޔެ ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނީ،  4 ފެބްރުއަރީ (މިއަދު)ގެ މަޣްރިބް ނަމާދުން ފެށިގެން ގުނޫތުލް ނާޒިލާ ކިޔުން ވަގުތީގޮތުން ހުއްޓާލުމަށް މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަށް އަންގައިދިނުމަށް އެދޭ ކަމަށެވެ. ހައްދުފަހަނާއަޅާފައިވާ އިސްރާއީލޭ ކިޔުނު ޖަމާއަތުގެ ލާއިންސާނީ ޢުދުވާން ހައްދުންނެއްޓި، ފަލަސްތީނުގ...

އެމްޑީޕީ ޕްރައިމަރީގެ ވަގުތީ ނަތީޖާ: ގަޕޯ، އަސްގަރު އަދި ސިނާނަށް ޓިކެޓް ލިބިއްޖެ
Raajje

އެމްޑީޕީ ޕްރައިމަރީގެ ވަގުތީ ނަތީޖާ: ގަޕޯ، އަސްގަރު އަދި ސިނާނަށް ޓިކެޓް ލިބިއްޖެ

ދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގެ ވަގުތީ ރޭ ޢިއުލާންކޮށްފިއެވެ. މި ޕްރައިމަރީގައި ހަނިމާދޫ ދާއިރާގެ ޓިކެޓް ކާމިޔާބުކޮށްފައި ވަނީ މިހާރު ވެސް އެ ދާއިރާގެ މެންބަރަކަށް ހުންނެވި އަބުދުލް ޣަފޫރު މޫސާ (ގަޕޯ)އެވެ. އިއްޔެގެ ޕްރައިމަރީގައި ގަޕޯއަށް އެ ދާއިރާގެ ވޯޓުލީ މީހުންގެ 75 ވޯޓު (363 ވޯޓު) ލިބުނުއިރު، އޭނާ އާއި ވާދަކުރި އަލީ ސިނާނަށް ލިބުނީ 24 އިންސައްތަ (117 ވޯޓު) އެވެ. ބާރަށު ދާއިރާގެ […]

އެމްޑީޕީ ނޮޅިވަރަމް ދާއިރާ ޓިކެޓް އަލީ އަބުދުއްރަހްމާނަށް
Raajje

އެމްޑީޕީ ނޮޅިވަރަމް ދާއިރާ ޓިކެޓް އަލީ އަބުދުއްރަހްމާނަށް

މިއަދު ކުރިއަށް ދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގައި ހދ. ނޮޅިވަރަމް ދާއިރާގެ ޓިކެޓް އެ ދާއިރާގެ އެމްޑީޕީގެ ދާއިރާ ރައީސް އަލީ އަބުދުއްރަޙްމާނަށް ލިބިއްޖެއެވެ. މި ދާއިރާގެ ޓިކެޓަށް ހދ. ނޭކުރެންދޫ އަށް ނިސްބަތްވާ ޢަލީ އާއެކު އިތުރު ދެ ކެންޑިޑޭޓަކު ވާދަކުރިއެވެ. ”ތިލަދުން” އަށް ލިބިފައިވާ ނުރަސްމީ ނަތީޖާއަށް ބަލާއިރު ޢަލީ އަށް ވަނީ ދާއިރާގެ ދެ ރަށުންނާއި ދާއިރާގެ މާލޭ ފޮށިން ޖުމްލަ 140 ވޯޓު […]

ކުޅުދުއްފުށި ދެކުނު ޓިކެޓް އަލީ ވަހީދު ކާމިޔާބުކޮށްފި
Thiladhunmathi News

ކުޅުދުއްފުށި ދެކުނު ޓިކެޓް އަލީ ވަހީދު ކާމިޔާބުކޮށްފި

މިއަދު ކުރިއަށް ދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޓިކެޓް ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަހީދު ކާމިޔާބު ކުރައްވައިފިއެވެ. މިއަދުގެ ޕްރައިމަރީގައި އެ ދާއިރާ އަށް ޖުމްލަ ތިން ކެންޑިޑޭޓުން ވާދަކުރިއެވެ. އެއީ މިދިޔަ އެމްޑީޕީގެ ސަރުކާރުގައި ފަތުރުވެރިކަމާބެހޭ ވުޒާރާގެ ނައިބު ވަޒީރަކަށް ހުންނެވި، ހދ. އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް އަހްމަދު އާތިފްގެ އިތުރުން އިބްރާހީމް ރަމީޒެވެ. ”ތިލަދުން” އަށް ލިބިފަ...

އިބްރޭގެ މައްޗަށް ކުރި ހޯދައި ޣާލިބް ކެލާ ދާއިރާގެ ޓިކެޓް ކަށަވަރުކޮށްފި
Thiladhunmathi News

އިބްރޭގެ މައްޗަށް ކުރި ހޯދައި ޣާލިބް ކެލާ ދާއިރާގެ ޓިކެޓް ކަށަވަރުކޮށްފި

މިއަދު ކުރިއަށް ދިޔަ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ 2024 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގައި ކެލާ ދާއިރާގެ ޓިކެޓް ވަށަފަރަށް ނިސްބަތްވާ އަހްމަދު ޣާލިބް ކާމިޔާބުކޮށްފިއެވެ. ޣާލިބް ޓިކެޓް ކާމިޔާބު ކުރީ އެ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ)ގެ މައްޗަށް ކުރި ހޯދައިގެންނެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެ ދާއިރާގެ ފޮށިތަކުން އިބްރޭ އަށް ލިބުނީ 140 ވޯޓެވެ. އަދި ޣާލިބް ވަނީ 165 ވޯޓު ހޯދާފައެވެ. މި ދާއިރާގެ ހަތަރު […]

ނެއްލައިދޫ ޖިމްގެ މަސައްކަތް މިއަހަރު، ރަށު ކައިރީ ވަދު ކަނދުފައްޗެއް އަޅައިދޭން އެދިއްޖެ
Thiladhunmathi News

ނެއްލައިދޫ ޖިމްގެ މަސައްކަތް މިއަހަރު، ރަށު ކައިރީ ވަދު ކަނދުފައްޗެއް އަޅައިދޭން އެދިއްޖެ

ހދ. ނެއްލައިދޫ ގައި ގާއިމުކުރާ އިންޑޯ ޖިމްގެ މަސައްކަތް މިއަހަރު ފެށޭނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަބުދުﷲ ރާފިޢު ވިދާޅުވެފައިވާކަމަށް ނެއްލައިދޫ ކައުންސިލުން ބުނެފިއެވެ. އެކައުންސިލުން މިހެން ބުނީ 2024 ވަނަ އަހަރަށް ބަޖެޓުކުރެވިފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކައުންސިލްގެ ފަރާތުން ސަރުކާރުގެ މުއައްސަސާތަކާއި ބައްދަލުކުރުމަށް މިހާރު މާލެއަށް ކުރަމުންދާ ދަތުރުގެ ތެރެއިން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަބުދުﷲ ރާފިޢުއާއި ބައްދަލުކުރުމަށްފަހު އެވެ....

މިފަހަރު އިންޑިއާ ސިފައިން އެރީ މާހޯރަ ދޯންޏަށް
Raajje

މިފަހަރު އިންޑިއާ ސިފައިން އެރީ މާހޯރަ ދޯންޏަށް

މާހޯރަ3 ދޯންޏަށް އިންޑިއާ ސިފައިން އަރާފައިވާކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ) އިން ބުނެފިއެވެ. މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ރާއްޖޭގެ ބޮޑު ކަންނެލި ތިން އުޅަނދު ކަމަށްވާ އަސުރުމާ3 ދޯންޏާއި، ނިރު7 އަދި މާހޯރަ3 ދޯންޏަށް ވެސް އިންޑިއާ ސިފައިން ވަނީ އަރާފައެވެ. މި ތިން ދޯންޏަށް އަރާފައި ވަނީ އިންޑިއާ ކޯސްޓްގާޑުގެ ޝިޕް 246 އަދި އިންޑިއާ ކޯސްޓްގާޑުގެ ޝިޕް 253 އަށް ނިސްބަތްވާ ބޯޑިން ޓީމަކުންކަމަށް ދިވެހި ދިފާޢީ ވުޒާރާއިން […]

ދޯނިތަކަށް އެރީ އިންޑިއާ ސިފައިން، ސަބަބު ސާފުކޮށްދޭން އެދިއްޖެ
Raajje

ދޯނިތަކަށް އެރީ އިންޑިއާ ސިފައިން، ސަބަބު ސާފުކޮށްދޭން އެދިއްޖެ

މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ރާއްޖޭގެ ބޮޑު ކަންނެލި ތިން އުޅަނދަކަށް އަރާފައި ވަނީ އިންޑިއާ ކޯސްޓްގާޑުގެ ބޯޓިން ޓީމަކުން ކަމަށް ދިވެހި ދިފާޢީ ވުޒާރާއިން ބުނެފިއެވެ. ދިފާޢީ ވުޒާރާއިން ބުނީ ޖެނުއަރީ 31 ވަނަ ދުވަހު ރާއްޖޭގެ އަސުރުމާ3 ދޯންޏަށް އިންޑިއާގެ ކޯސްޓްގާޑުގެ ބޯޓިން ޓީމުން އަރާފައި ވަނީ ހއ. ދިއްދޫ އާއި 72 ނޯޓިކަލް މޭލު ބޭރުން، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި އޮއްވާ ކަމަށެވެ. އެ ދޯންޏަށް ބޭރު އަސްކަރިއްޔާ […]

އިހަވަންދޫ އައިސް ޕްލާންޓް މައްސަލަ ހައްލުކޮށް، ރަށު ކައިރީ ވަދު ކަނދުފައްޗެއް އަޅައިދޭން އެދިއްޖެ
Raajje

އިހަވަންދޫ އައިސް ޕްލާންޓް މައްސަލަ ހައްލުކޮށް، ރަށު ކައިރީ ވަދު ކަނދުފައްޗެއް އަޅައިދޭން އެދިއްޖެ

ހއ. އިހަވަންދޫ އައިސް ޕްލާންޓް ހުއްޓިފައިވާ މައްސަލައަށް ހައްލެއް ހޯދުމަށާއި، އިތުރު ކަންތައްތަކަކާއިގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއިއެކު އިހަވަންދޫ ކައުންސިލުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާ ހިންގާފައި ވަނީ އިހަވަންދޫ ކައުންސިލުން އެރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރުގެ ވުޒާރާތަކާއި، ކުންފުނިތަކާއި ހިއްސާކުރުމަށް މިހާރު ވެރިރަށް މާލެއަށް ކުރަމުންދާ ދަތުރުގެ ތެރެއިންނެވެ. މިގޮތުން އިހަވަންދޫ ކައުންސިލުން އިއްޔެ ވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެ...

ދޯނިތަކުގައި ބޭރު ސިފައިން ހަރަކާތްތެރިވާ މަންޒަރު ދައްކާލައިފި
Raajje

ދޯނިތަކުގައި ބޭރު ސިފައިން ހަރަކާތްތެރިވާ މަންޒަރު ދައްކާލައިފި

ބޭރުގެ އަސްކަރީއަކުން ރާއްޖޭގެ ކަންނެލި މަސްވެރިކަން ކުރާ ތިން ދޯންޏަކަށް 31 ޖެނުއަރީ 2024 ދުވަހު އަރާފައިވާއިރު، އެތަނުން ދޯންޏެއްގައި ބޭރު އަސްކަރިއްޔާއެއްގެ ސިފައިންކަމަށް ބެލެވޭބަޔަކު ހަރަކާތްތެރިވާ ވީޑިއޯތަކެއް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ) އިން އާންމުކޮށްފިއެވެ. އެ ދޯނިތަކަށް ބޭރުގެ އަސްކަރިއްޔާއަކުން އެރުމުން އެކަން އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ފުރަތަމަ ގެންނައީ ވެސް އެ ޖަމިއްޔާއިންނެވެ. ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދަނިކޮށ...

ކަންނެލި މަސްވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލައިފި
News

ކަންނެލި މަސްވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލައިފި

ދިވެހި ބޮޑު ކަންނެލި މަސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީކޭއެމްޔޫ) އިން ގޮވާލައިފިއެވެ. ބޭރުގެ އަސްކަރިއްޔާއެއްގެ ސިފައިން ދިވެހި ތިން ކަންނެލި ދޯންޏަކަށް އަރައި، ބަލާފާސްކޮށްފައި ވަނިކޮށް އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، އެ ޖަމާއަތުގެ މެންބަރު ތިން ދޯންޏަކަށް 31 ޖެނުއަރީ 2024 ދުވަހު ބޭރުގެ އަސްކަރިއްޔާއަކުން އަރައި، ބިރުދައްކައި، މުވާސަލާތުކުރަން ބޭނުންކުރާ ވަސީލަތްތަކުގެ މައުލޫމާތު ދިނުމަށް މަޖުބޫރުކޮށް ބިރުދައްކާފައިވާ ކަމ...

ރިޝްވާން ނަން ނެގުމުން ކެލާ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެއްޖެ
Raajje

ރިޝްވާން ނަން ނެގުމުން ކެލާ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެއްޖެ

ކެލާ ދާއިރާގެ މަޖިލިސް 2024 އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހަޅާފައިވާ އަޙްމަދު ރިޝްވާން / ޢާލަމް ، ހއ. ދިއްދޫ، ނަން އަނބުރާ ގެންދިޔުމުން އެ ދާއިރާގެ ވާދަވެރިކަން ބޮޑުވެއްޖެއެވެ. ހޮނިހިރު ދުވަހު އޮންނަ މި ޕްރައިމަރީގެ ވަގުތު ކުޑަތަންވެފައި ވަނިކޮށް ރިޝްވާން އޭނާގެ ނަން އަނބުރާ ގެންގޮސްފައިވާކަމަށް އެމްޑީޕީން މިއަދު ބުންޏެވެ. ރިޝްވާން ނަން ނެގީ ވޯޓު ކަރުދާސް ވެސް ޕްރިންޓްކުރި ފަހުން ނެވެ. އެހެންކަމުން މިއިންތިޚާބުގައި ރިޝްވާންގެ ނަމާއި ދިމާލުގައި ފާހަގަޖަހާ ވޯޓުތައް […]

ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ނުދެވިހުރި ފައިސާދޭނަން: ރައީސް
Raajje

ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ނުދެވިހުރި ފައިސާދޭނަން: ރައީސް

ސަރުކާރުގެ މަސް ކުންފުނި،  މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އަށް ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ނުދެވިހުރި ފައިސާ މަސްވެރިންނާ ހަވާލުކޮށް، އެކަން ހަމަޖައްސަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސް ޖަވާބުދެއްވުމުގެ ގޮތަށް، ރައީސް އޮފީހުން މިއަދު ފެށްޓެވި ސިލްސިލާ “ރައީސްގެ ޖަވާބު” ގައި މަސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މިގޮތުން މި ސިލްސިލާ...

މަޖިލިސް 2024: ޖުމްލަ 608 ވޯޓު ފޮށި، ބޭރު 6 ޤައުމެއްގައި ބަހައްޓާނެ
Raajje

މަޖިލިސް 2024: ޖުމްލަ 608 ވޯޓު ފޮށި، ބޭރު 6 ޤައުމެއްގައި ބަހައްޓާނެ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ބޭރު ހަ ޤައުމެއްގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. އީސީން ބުނިގޮތުގައި މި އިންތިޚާބުގައި ޖުމްލަ 608 ވޯޓު ފޮށި ބަހައްޓާނެއެވެ. ރީ-ރަޖިސްޓްރޭޝަން މަރުޙަލާ ނިމުމުން، މި އަދަދުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އީސީން ބުނެއެވެ. މި އިންތިޚާބުގައި ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާ ތަންތަނަކީ އިންޑިއާގެ ތިރިވަރަމްދަމްޕޫރަމް (ޓްރިވެންޑްރަމް) އާއި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯ އާއި...