އީސީއަށް މެންބަރުން އައްޔަންކުރުމުގެ ބާރު މަޖިލީހަށް ނަގަން އިސްލާހް ހުށަހަޅައިފި
އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މެންބަރުން އައްޔަންކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިދޭގޮތަށް އީސީގެ ގާނޫނަށް މިއަދު އިސްލާހެއް ހުށަހަޅައިފިއެވެ. އީސީގެ ޤާނޫނަށް މި އިސްލާޙް ގެނައުމަށް މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޔޫނުސް އަލީއެވެ. 2008 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 25 ވަނަ ދުވަހު ޢަމަލުކުރަން ފެށި އިލެކްޝަން ކޮމިޝަންގެ ޤާނޫނުގައި ބުނާގޮތުން އެ ކޮމިޝަނަށް މެންބަރުން ޢައްޔަންކުރާނީ، ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ކޮމިޝަނަށް އައްޔަނުކުރުމަށްޓަކައި މަޖިލީހުން ފާ...