އީސީއަށް މެންބަރުން އައްޔަންކުރުމުގެ ބާރު މަޖިލީހަށް ނަގަން އިސްލާހް ހުށަހަޅައިފި

މެންބަރު ޔޫނުސް، ފޮޓޯ: މަޖިލިސް
މެންބަރު ޔޫނުސް، ފޮޓޯ: މަޖިލިސް

އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މެންބަރުން އައްޔަންކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިދޭގޮތަށް އީސީގެ ގާނޫނަށް މިއަދު އިސްލާހެއް ހުށަހަޅައިފިއެވެ.

އީސީގެ ޤާނޫނަށް މި އިސްލާޙް ގެނައުމަށް މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޔޫނުސް އަލީއެވެ.

2008 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 25 ވަނަ ދުވަހު ޢަމަލުކުރަން ފެށި އިލެކްޝަން ކޮމިޝަންގެ ޤާނޫނުގައި ބުނާގޮތުން އެ ކޮމިޝަނަށް މެންބަރުން ޢައްޔަންކުރާނީ، ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ކޮމިޝަނަށް އައްޔަނުކުރުމަށްޓަކައި މަޖިލީހުން ފާސްކުރުމަށް ނަންތައް ފޮނުއްވަނީ ވެސް ޤާނޫނުގެ ރޫހާ އެއްގޮތައް ރައީސުލްޖުމްހޫރިއްޔާއެވެ.

އީސީ އަށް މެންބަރުން އައްޔަންކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިދޭގޮތަށް ޤާނޫނަށް މެންބަރު ޔޫނުސް ހުށަހެޅުއްވި އިސްލާޙްގައިވާގޮތުން އީސީގެ މެންބަރުކަމަށް ހުޅުވާލަން މަތިކޮށްފައިވަނީ މަޖިލީހުގެ އިދާރާ އަށެވެ. އަދި މި ޢިއުލާނުގެ ދަށުން ކުރިމަތިލާފަރާތްތަކުގެ ނަންތައް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ކޮމިޓީގެ ރިޕޯޓް މަޖިލީހަށް ހުށަހަޅަންޖެހޭނެ ކަމަށް ބުނެފަވެއެވެ.

މި ނަންތަކުގެ ތެރެއިން މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކުރާ ބޭފުޅެއް ނުވަތަ ބޭފުޅުން އީސީގެ މެންބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރަންވާނެ ކަމަށް އިސްލާހުގައި ބުނެފަވެއެވެ.

އީސީ އެކުލެވިގެން ވަނީ ފަސް މެންބަރުންގެ މައްޗަށެވެ. އެ ކޮމިޝަންގެ މެންބަރެއްގެ ދައުރެއްގެ މުއްދަތަކީ 5 އަހަރު ދުވަހެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *