އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިން ފެސިލިޓީއެއް ގާއިމު ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މި މަޝްރޫޢުއަކީ ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހިންގާ މަޝްރޫޢު އެކެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން މިއަދު ސޮއިކޮށްފައި ވަނީ ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އަމިއްލަ ކުންފުނި ވިޓޯލްއާ އެކު އެވެ.
މިކަމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އެވެ. ވިޓޯލް ކުންފުނިން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޖޭ އެންގް އެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވާފައި ވަނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު މުހައްމަދު ސައީދު އެވެ.
އިހަވަންދިއްޕޮޅުގައި ޖުލައި ނިމުމުގެ ކުރިން ބަންކަރިންގެ ހިދުމަތް ފަށަނީ
އެސްޓީއޯ އިން ބުނިގޮތުގައި މި އެއްބަސްވުމުގެ ދަށުން ވިޓޯލް ކުންފުނިން އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިން ފެސިލިޓީއެއް ގާއިމުކޮށް، އެތަން މާކެޓްކޮށްދީ އަދި އެ ސިނާއަތުގެ ޓެކްނިކަލް ކެޕޭސިޓީ އިތުރުކުރުމަށް އެހީތެރިވެދޭނެ އެވެ.
Ihavandhippolhu atoll is a key area of the government's strategic plans to diversify the economy. The area has been designated as the Maldives Economic Gateway and is planned to have an international port, strategic oil terminal and other marine activities. (3/3) pic.twitter.com/H8nRb0fzXn
— STO (@stoplc) March 13, 2024
އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް އަންނަ ޖުލައި މަސް ނިމުމުގެ ކުރިން ފަށާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު މުހައްމަދު ސައީދު މި ދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ވަނީ ވިދާޅުވެފައެވެ.
އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ފަށަން ބަޔަކާއި ހަވާލުކޮށްފައިވާއިރު، ރާއްޖޭގެ އެންމެ އުތުރު، އިހަވަންދިއްޕޮޅުގައި ތެލުގެ ސްޓޯރޭޖެއް ހަދައި ތެޔޮ ބަންކަރިން ހިދުމަތް ދިނުމަށް އެސްޓީއޯ އިން މިދިޔަ އަހަރުގެ އޮގަސްޓް މަހު ވަނީ ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިން (ޔޫސީސީ) އާ ހަވާލުކޮށްފައެވެ. މި ސަރުކާރުން ވަނީ އެ އެއްބަސްވުން ރިވިއު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!