ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގައި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމަށް އިތުރު ފުރުސަތެއް ދީފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ވަނީ އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމަށް ފޯމު ފުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.
މި ފުރުސަތު ހުޅުވާލާފައި ވަނީ މާދަމާއިން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ 13:30ގެ ނިޔަލަަށެވެ.
މި އިންތިޚާބުގައި ޖުމްލަ 602 ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާއިރު އަތޮޅުތެރޭގެ ރަށްތަކުގައި 310 ފޮށި، މާލޭގައި 181 ފޮށި، ހުޅުމާލޭގައި 51 ފޮށި، ވިލިމާލޭގައި 9 ފޮށި، ޖަލުތަކުގައި 5 ފޮށި، ރިސޯޓުތަކުގައި 34 ފޮށި އަދި ރާއްޖެއިން ބޭރުގައި 3 ފޮށި ބަހައްޓާނެއެވެ.
މި އިންތިހާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިހާބުކުރާނެއެވެ.
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބާއްވަން އީސީން މިހާރު ތާވަލުކޮށްފައި ވަނީ އަންނަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!