މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,454 Stories
3,226 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ރައީސްގެ ދެކަނބަލުން ޢީދު ސަލާމް ކުރައްވައިފި
Raajje

ރައީސްގެ ދެކަނބަލުން ޢީދު ސަލާމް ކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޢީދުގެ ސަލާން ކުރައްވައިފިއެވެ. ރައީސްގެ ދެކަނބަލުން ޢީދުގެ ސަލާން ކުރެއްވުން އޮތީ، މިއަދު ހެނދުނު 09:30 އިން 10:30 އަށް މުލީއާގޭގައެވެ. ޢީދު ސަލާން ކުރެއްވުމަށް ރައީސްގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ވަޒީރުންނާއި، އެފެންވަރުގެ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ރާއްޖޭގައި ތިއްބެވި ބޭރު ދައުލަތްތަކުގެ ޢިއްޒަތްތެރިންނާއި، ސަރުކާރުގެ އޮފީ...

ކުއްޖާއަށް އަނިޔާކުރި މައްސަލަ ބަލަން ޚާއްސަ ޓީމެއް ރަސްދޫއަށް
Raajje

ކުއްޖާއަށް އަނިޔާކުރި މައްސަލަ ބަލަން ޚާއްސަ ޓީމެއް ރަސްދޫއަށް

އއ. ރަސްދޫގެ މިސްކިތެއްގެ ތެރޭގައި ރޭ ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލަ ބެލުމަށް ކަމާބެހޭ އިދާރާތަކުގެ މައްޗަށް އެކުލެވޭ ޓީމެއް އެރަށަށް ހިނގައްޖެއެވެ. ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން އެކްސްގައި ކުރި ޕޯސްޓެއް މެދުވެރިކޮށް ވިދާޅުވެފައި ވަނީ އެ މައްސަލައާއި ގުޅިގެން ފުލުހުންނާއި، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އަދި ޑިޕާޓްމަންޓް އޮފް ޖުވަނައިލް ޖަސްޓިސްގެ ޓީމެއް އެ ރަށަށް ގޮސްފައި ވާކަމަށެވެ. ރަސްދޫގައި މިކަން ހިނގާފައި ވަނީ  ރޭ ތަރާވިސް ނަމާދު ގަޑީގަ އެވެ. […]

ޤައުމު ހިންގާނީ ފައިސާ ޗާޕުނުކޮށް: ރައީސް
Raajje

ޤައުމު ހިންގާނީ ފައިސާ ޗާޕުނުކޮށް: ރައީސް

މި ސަރުކާރުން ޤައުމު ހިންގާނީ ފައިސާ ޗާޕުނުކޮށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ރޭ ހުޅުމާލޭގެ ހިޔާ ސަރަހައްދުގެ ހިޔާ ސަރަހައްދުގައި ކުރިއަށް ދިޔަ ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ މި ސަރުކާރުގެ އިޤްތިޞާދީ އެޖެންޑާއަކީ ރައްޔިތުންނަށް ފައިދާ ކުރާނެ އެޖެންޑާއެއް ކަމަށް ވިދާޅުވެފަވެއެވެ. އަދި އިޤްތިޞާދު މެނޭޖް ކުރެއްވުމުގައި އިސްކަން ދެއްވާނީ ރައްޔިތުންނަށް ހެވާއި ލާބަޔަށް ވިދާޅުވިއެވެ. ކުރީ ސަރުކާރުން އެކަނިވެ...

ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހެއްގެ ހާލު ސީރިއަސް
Raajje

ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހެއްގެ ހާލު ސީރިއަސް

ފުއްމުލަކު ސިޓީގައި އެކްސިޑެންޓެއް ހިނގައި، އެ އެކްސިޑެންޓްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ބުނިގޮތުގައި ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގާފައިވާކަމަށް ރޭ 23:43 ހާއިރު އެ އިދާރާއަށް ވަނީ ރިޕޯޓުކޮށްފައެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ މީހަކު ދުއްވި ސައިކަލެއް ކޮންޓްރޯލްނުވެ، ޒިބްރާ ކްރޮސް ޕޯސްޓްގެ ދަނޑީގައި ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ފުވައްމުލަކު ހޮސްޕިޓަލުން ފަރުވާ ދެމުން އަންނައިރު، އޭނާގެ ހާލު ސީރިއަސްކަމ...

17 ސިއްހީ މަރުކަޒެއްގެ ލެބޯޓަރީތަކަށް އާލަތް ހޯދަން ޗައިނާއާއިއެކު އެއްބަސްވުމެއް
Raajje

17 ސިއްހީ މަރުކަޒެއްގެ ލެބޯޓަރީތަކަށް އާލަތް ހޯދަން ޗައިނާއާއިއެކު އެއްބަސްވުމެއް

ރާއްޖޭގެ 17 ސިއްހީ މަރުކަޒެއްގެ ލެބޯޓަރީތަކަށް އާލަތް ހޯދަން ޗައިނާއާއިއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގެ 17 ރަށަކަށް ލެބޯޓަރީ އާލާތް ހޯދުމާ ގުޅޭ “ލެޓަރ އޮފް އެކްސްޗޭންޖު” ގައި ސޮއިކޮށްފައި ވަނީ އިއްޔެ ޞިއްޙަތާބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ލެޓަރ އޮފް އެކްސްޗޭންޖުގައި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ހަރ އެކްސެލެންސީ ވަންގ ލިޒިންއެވެ. ޞިއްޙަތާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރ...

މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ
Raajje

މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ

މާލެއިން ޒުވާނަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަންފަށައިފިއެވެ. ގެއްލިގެން ހޯދަމުން ދަނީ އުމުރުން 25 އަހަރުގެ، މާލެ/މއ. ޕެރީހީލިއަން، އަކްރަމް ޢަދީލް ސަޢީދު އެވެ. ފުލުހުން ވަނީ އޭނާ ހޯދުމަށް ޢާންމުންގެ އެހީތެރިކަމަށް އެދިފައެވެ. ‘’އަކްރަމް ޢަދީލް ސަޢީދު އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް މާރިޗް 25 ވަނަ ދުވަހު 19:22 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުން’’ ފުލުހުން ބުނެފަވެއެވެ. ޢާއިލާ އާއި ހަވާލާދީ ފުލުހު...

ކުޅުދުއްފުށީގެ ގެއެއްގައި އަލިފާންރޯވެ ބޮޑެތި ގެއްލުންތަކެއް
Thiladhunmathi News

ކުޅުދުއްފުށީގެ ގެއެއްގައި އަލިފާންރޯވެ ބޮޑެތި ގެއްލުންތަކެއް

ކުޅުދުއްފުށީ ސިޓީގެ ގެއެއްގައި އަލިފާންރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި ކުޅުދުއްފުށީ ސިޓީގައި އަލިފާން ރޯވެފައި ވަނީ އެ ސިޓީގެ “ސިގްނަލް” ނަމަކަށް ކިޔާ ގެއެއްގައެވެ. އެ ގޭގައި ރޯވިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ލިބުނީ މިއަދު މެންދުރު 13:17 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މި މައުލޫމާތު ލިބުމުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަން...

މަޖިލިސް 2024: ފައިނަލް ވޯޓާސް ލިސްޓް ޢާންމުކޮށްފި
Raajje

މަޖިލިސް 2024: ފައިނަލް ވޯޓާސް ލިސްޓް ޢާންމުކޮށްފި

އަންނަ މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ޢާންމުކޮށްފިއެވެ. މި ލިސްޓް އީސީން ނެރެފައި މިވަނީ އިންތިޚާބާބެހޭ ޤާނޫނަށް މަޖިލީހުން ގެނައި އިސްލާހްގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު އިންތިޚާބު ބާއްވާ ތާރީޚް ފަސްވުމުން، ރީ- ރަޖިސްޓްރޭޝަން އަށް އަލުން ހުޅުވާލައި ފުރުޞަތު ދިނުމަށް ފަހުއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024 ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓް މިފަހަރުގެ މަޖިލިސް [...

''ބޭރުގެ ސިފައިން ރާއްޖޭގައި ތިބޭގޮތަކަށް އެއްވެސް ސިޔާސަތެއް ނުގެންގުޅޭނަން''
Raajje

''ބޭރުގެ ސިފައިން ރާއްޖޭގައި ތިބޭގޮތަކަށް އެއްވެސް ސިޔާސަތެއް ނުގެންގުޅޭނަން''

ބޭރުގެ ސިފައިން ރާއްޖޭގައި ތިބޭގޮތަކަށް މި ސަރުކާރުގެ އެއްވެސް ސިޔާސަތެއް ނުގެންގުޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުއިއްޒު މިގޮތަށް ވިދާޅުވީ ރައީސް އޮފީހުން ކޮންމެ ދުވަހަކު ގެނެސްދެމުން އަންނަ “ރައީސްގެ ޖަވާބު” ޕްރޮގްރާމުގެ މިއަދުގެ ސެގްމަންޓުގައެވެ. މާލެ ސިޓީ، މއ.ނައިޓްލައިޓް، މުޙައްމަދު އިޙްސާން، ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމަށް އަލަށް ގެނައި ޑްރޯންތައް ދުއްވުމާ އޮޕަރޭޓްކުރުމުގެ ކަންކަމުގައި ބޭރުގެ ސިފައިން ރާއްޖޭގައި ތިބޭނެތޯ ރައީސް އަރިހު ވަނީ ސު...

ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓްގައި ޖެހި ނިޔާވެއްޖެ
Raajje

ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓްގައި ޖެހި ނިޔާވެއްޖެ

ހުޅުމާލެ ދެ ވަނަ ފިޔަވީގައި ހުރި ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓްގައި ޖެހި ނިޔާވެއްޖެއެވެ. ފުލުހުން ބުނީ ހުޅުމާލެ ފޭސް ދެއެއްގެ ހިޔާ ސަރަހައްދުގައި ޕެޓްރޯލް ކުރަން އުޅުނު މީހުންނަށް ޓްރާންސް ފޯމަރެއްގެ ތެރޭގައި ކަރަންޓްގައި ޖެހިފައި އޮތް މީހަކު ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. ފުލުހުންނަށް އެމީހާ ފެނުނީ ހިޔާ ޓަވަރުގެ އެޗް ތިނެއް ކައިރީ ހުންނަ ޓްރާންސް ފޯމަރެއްގެ ތެރޭގައި ކަރަންޓްގައި ޖެހި އަނިޔާތަކާއެކުގައި ވެއްޓިފައި އޮއްވައި ރޭ ފަތިހު 4:07 […]

ކުޑަކުދިީންނަށް ޖިންސީ ގޯނާކުރާ މީހުން ދޫކޮށްލުން ބަލައެއް ނުގަނެވޭނެ: ރައީސް
Raajje

ކުޑަކުދިީންނަށް ޖިންސީ ގޯނާކުރާ މީހުން ދޫކޮށްލުން ބަލައެއް ނުގަނެވޭނެ: ރައީސް

ކުޑަކުދިީންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ނުވަތަ ޙުކުމް ކޮށްފައިވާ މީހުންނަށް މަޢާފުދިނުން، ނުވަތަ ލުއިދީ ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއްނޫން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުޑަކުދިީންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ނުވަތަ ޙުކުމް ކޮށްފައިވާ މީހުންނަށް މަޢާފުދިނުން، ނުވަތަ ލުއިދީ ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއްނޫން ކަމަށެވެ. މިގޮތަށ...

މިސްކިތުން ކަރަންޓް ކެނޑުނީ ޓްރާންސްފޯމަރުގެ ބައިތައް ވަގަށް ނަގަން މަސައްކަތް ކުރުމުން: ފަހުމީ
Business

މިސްކިތުން ކަރަންޓް ކެނޑުނީ ޓްރާންސްފޯމަރުގެ ބައިތައް ވަގަށް ނަގަން މަސައްކަތް ކުރުމުން: ފަހުމީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ މިސްކިތަކުން ކަރަންޓް ކެނޑުނީ އެ މިސްކިތް ކައިރީ ހުރި ޓްރާންސްފޯމަރުގެ ބައިތައް ވަގަށް ނަގަން ބަޔަކު މަސައްކަތް ކުރުމުން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހަސަން އާދަމް މިސްކިތުގައި ރޭ ތަރާވީސް ނަމާދު ކުރިއަށްދަނިކޮށް އެ މިސްކިތުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ. މިކަމާއި ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ މިސްކިތުން ކަރަންޓުގެ ޚިދުމަތް ރޭ މެދުކެނޑިފައިވަނީ...

ސަލްޓަން ޕާކުގައި ހަރުކޮށްފައި ހުރި ބޯޑުތަކަށް ގެއްލުންދީފި
Raajje

ސަލްޓަން ޕާކުގައި ހަރުކޮށްފައި ހުރި ބޯޑުތަކަށް ގެއްލުންދީފި

މާލޭގެ ސަލްޓަން ޕާކުގައި ހަރުކޮށްފައި ހުރި ބޯޑުތަކަށް ގެއްލުންދީފިއެވެ. މާލެ ސިޓީ ކައުންސިލުން ބުނީ، ސަލްޓަންް ޕާކުގައި ހަރުކޮށްފައި ހުރި ބޯޑުތަކަށް ރޭގެ ވަގުތެއްގައި ބަޔަކު ގެއްލުން ދީފައިވާ ކަމަށެވެ. އެހެންވެ، އެކަން ކުރި ބަޔަކު ހޯދުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން މިހާރު ކުރަމުން އަންނަކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ. ސިޓީ ކައުންސިލުން ހާމަކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ސަލްޓަން ޕާކުގައި ހަރުކޮށްފައި ހުރި ބޯޑުތަކަށް ގެެއްލުން ދިން ބަޔަކު ވަނީ އެތާ ހުރި ބޯޑުތައް […]

ރާއްޖެ އައި މީހެއްގެ ލަގެޖުން 5 ކިލޯ އަށްވުރެ ގިނަ ޑްރަގް އަތުލައިގެންފި
Raajje

ރާއްޖެ އައި މީހެއްގެ ލަގެޖުން 5 ކިލޯ އަށްވުރެ ގިނަ ޑްރަގް އަތުލައިގެންފި

ވައިގެ މަގުން ރާއްޖެ އައި ފަސިންޖަރެއްގެ ލަގެޖުން 5 ކިލޯ އަށްވުރެ ގިނަ ޑްރަގް އަތުލައިގެންފިއެވެ. މޯލްޑިވްސް ކަސްޓަމްސް އިން ބުނީ މި މަހުގެ 12 ވަނަ ދުވަހު ރާއްޖެ އައި ފަސެންޖަރެއްގެ ލަގެޖުން މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އެ ފަސިންޖަރަކީ ޕާކިސްތާނަށް ނިސްބަތްވާ އުމުރުން 56 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ލަގެޖުން 5.30 ކިލޯގެ މަސްތުވާތަކެތި ހޯދައި، އަތުލައިގެންފައިވާކަމަށް ކަސްޓަމްސް އިން ބުނެއެވެ. އެމީހާ އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މަގުން ރާއްޖެ އަށް ދަތުރުކުރި […]

ކާށިދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދޯނިތަކެއް އަނދައި ހުލިވެއްޖެ
Raajje

ކާށިދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދޯނިތަކެއް އަނދައި ހުލިވެއްޖެ

ކާށިދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދޯނިތަކެއް އަނދައި ހުލިވެއްޖެއެވެ. މިހާދިސާއާއި ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ، ކ.ކާށިދޫ އެއްގަމަށް އެހެލާފައި އޮތް ދޯނިތަކެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެފައިވާ ކަމަށެވެ. ”މި ހާދިސާގައި އެންމެ ފުރަތަމަ 00:56 ހާއިރު މަޢުލޫމާތު ލިބިފައިވަނީ އެ ރަށުގައި ވަކިންހުރި އޮޑިހަރުގެއެއްގައި އެހެލާފައިހުރި ދޯނިތަކެއްގައި އަލިފާން ރޯވެ އަދަމުންދާކަމަށް، އިތުރު ސަރަހައްދަކަށް އަލިފާން ފެތުރުމުގ...