ދިވެހި ކަނޑުތަކަކީ ދިވެހި އިޤްތިޞާދަކަށް އޮތް އެންމެ ބޮޑު އުންމީދު: ރައީސް
ދިވެހި ކަނޑުތަކަކީ ދިވެހިރާއްޖޭގެ އިޤްތިޞާދަކަށް އޮތް އެންމެ ބޮޑު އުންމީދުކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މިއަދަކީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހެވެ. މިއަދާއި ގުޅުވައިގެން ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދުނިޔޭގެ ޗާޓުގައި ދިވެހި ކަނޑުތައް އޮތް ސަރަޙައްދުގެ މުހިންމުކަމާ، އެކަނޑުތަކުގެ ޤުދުރަތީ ނަލަކަމާ، އެކަނޑުތަކުގައިވާ ރޯއްޖ...