ރައްޔިތުންގެ މަޖިލީހުގެ ޗީފް އޮފް ބިއުރޯގެ މަގާމަށް, އަޙްމަދު ނިހާން ހުސައިން މަނިކު އައްޔަން ކުރައްވައިފިއެވެ.
18 ވަނަ މަޖިލީހުގެ ޕީޕީއެމްގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރުކަން ވެސް ކުރައްވާފައިވާ ނިހާން މި މަޤާމަށް ޢައްޔަނުކޮށްފައި ވަނީ އިއްޔެއެވެ.
މަޖިލީހުގެ ދެ ދައުރު ފުރިހަމަކުރައްވާފައިވާ ނިހާނަކީ ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީތަޢުލީމް ހާސިލްކުރައްވައިގެން ހުންނެވި ތަޖުރިބާކާރު، ޤާބިލު ބޭފުޅެކެވެ.
މަޖިލީހުގެ ޕާލަމެންޓްރީ ސާވިސް ގަވައިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ މަސައްކަތްޕުޅުތަކަށް އެހީވުމަށްޓަކައި އެ ރައީސަކު ބޭނުންފުޅުވާ ތިން މީހަކަށް ވަޒީފާ ދެއްވެއެވެ.
މަޖިލީހުގެ ޗީފް އޮފް ބިއުރޯގެ މަގާމާއެކު އިސް މަސްއޫލިއްޔަތަކީ މަޖިލީހުގެ ރައީސްގެ ބިއުރޯގެ މަސައްކަތްތައް ބެލެހެއްޓެވުމެވެ.
އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ޗީފް އޮފް ބިއުރޯގެ މަގާމުގައި ހުންނެވީ، ފާތިމަތު މުޙައްމަދު ޞާލިޙު (ފާތޭ)އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!