އާސަންދަ ރިކޮމެންޑޭޝަން ފޯމު ބަލައިގަތުން ހުއްޓައެއްނުލާކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

އާސަންދަ ރިކޮމެންޑޭޝަން ފޯމު ބަލައިގަތުން ހުއްޓައެއްނުލާކަން ހާމަކޮށް އެކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ފަރުވާއަށް ދިއުމަށް ރިކޮމެންޑޭޝަން ފޯމު ބޭނުންވާނެ ކަމަށެވެ.

Ad
rt

މިހާރު ބަލި މީހާ ބަލާވަގުތު، އެ ފޯމު އާސަންދަ ޕޯޓަލް ތެރެއިން ފުރުމަށްފަހު އާސަންދައަށް ސަބްމިޓް ކުރާނީ ޑޮކްޓަރު ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

''އާސަންދަ ރިކޮމެންޑޭޝަން ފޯމު، 2024 ޖޫން 1 ވަނަ ދުވަހުން ފެށިގެން ބަލައިގަންނަނީ ހަމައެކަނި މައި އާސަންދަ ޕޯޓަލް މެދުވެރިކޮށް ކަމުގައި ދެންނެވިން.'' އާސަންދައިން ބުނެފަވެއެވެ.

މައި އާސަންދަ ޕޯޓަލް ލިންކް: http://my.aasandha.mv

އާސަންދަ ރިކޮމެންޑޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތައް ވެސް މައި އާސަންދަ ޕޯޓަލް މެދުވެރިކޮށް ހުށަހަޅޭނެކަމަށް އެ ކުންފުނިން ބުންޏެވެ. އެހެންކަމުން އަތުންލިޔެފައި ހުންނަ ފޯމުތައް މިހާރު ބަލައިނުގަންނާނެ ކަމަށް ވެސް އާސަންދައިން ވަނީ ބުނެފައެވެ.

އާސަންދަ ކޮމްޕެނީ ލިމިޓެޑަކީ، ބޭސްފަރުވާގެ ޚަރަދު ހަމަޖެއްސުމަށް ދައުލަތުގެ އެހީތެރިކަމަށް އެދޭ ފަރާތްތަކަށް އެކަމާ ގުޅުންހުރި ޚިދުމަތްތައް ފޯރުކޮށްދިނުމަށް، ދިވެހި ސަރުކާރުން 2011 ވަނަ އަހަރު ޤާއިމްކޮށްފައިވާ ކުންފުންޏެކެވެ.