ޖޯޒީތަކެއް ވަގަށް ނެގި މައްސަލައެއްގެ ތުހުމަތުގައި ތިން މީހަކު މިއަދު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، ބަޔަކު ވަގަށް ނަގައިގެން ޖޯޒީތަކެއް ގެންގުޅޭ މައްސަލައެއް މިއަދު އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

Ad
rt

މި މައްސަލާގައި ވައްކަންކުރިކަމަށް ތުހުމަތު ކުރެވޭ ތިން މީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ރިޕޯޓް ފުލުހުންނަށް ކޮށްފައި ވަނީ މިއަދު މެންދުރުފަހު 13:15 ހާއިރުއެވެ.

މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިދިޔަ މޭމަހު ފުލުހުންނަށް 285 ވައްކަމުގެ މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ. އަދި އޭޕްރިލް މަހު 244 މައްސަލައެއް ރިޕޯޓުކޮށްފަވެއެވެ.