ލޯންޗެއް ތ. ކިނބިދޫ ކައިރީ އޮންނަ ކުޑަ ފަޅުރަށަކަށް އަރައި މިއަދު އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، ތ. ކިނބިދޫ ކައިރީ އޮންނަ ނެރު ފަސްގަނޑު ކިޔާ ފަޅު ރަށަކަށް ލޯންޗެއް އަރައި އެކްސިޑެންޓެއް ހިނގައިގެން އެކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.

Ad
rt

މި ހާދިސާގެ ރިޕޯޓް ފުލުހަށް ކޮށްފައި ވަނީ ހަވީރު 17:00 ހާއިރުއެވެ.

މި އެކްސިޑެންޓް ގައި ކިނބިދޫ ކައިރީ އޮންނަ ނެރު ފަސްގަނޑު ކިޔާ ފަޅު ރަށަށް އަރާފައި ވަނީ ''ވެލިމާ'' ނަމަކަށް ކިޔާ ލޯންޗެކެވެ.

މި ހާދިސާ ހިނގިއިރު ލޯންޗްގައި ތިން މީހުން ތިއްބެވެ. އޭގެ ތެރެއިން ދެ މީހުންނަށް ކުދިއަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ބަލަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.