އީދު ބަންދާއި ދިމާކޮށް އިތުރު ފްލައިޓްތަކެއް އަޅަން ޤައުމީ އެއާލައިން، މޯލްޑިވިއަނުން ނިންމައިފިއެވެ.
މޯލްޑިވިއަނުން މިރޭ އާންމުކުރި މައުލޫމާތަށް ބަލާއިރު ފަސް މަންޒިލަކަށް ވަނީ އެޑިޝަނަލް ފްލައިޓް ޝެޑިއުލް ކޮށްފައެވެ.
މިގޮތުން އެންމެ އުތުރުން ހއ.ހޯރަފުއްޓަށް ޖޫން 20 ވަނަ ދުވަހަށް ވަނީ ފްލައިޓެއް ޝެޑިއުލްކޮށްފައެވެ. އަދި ނ. މާފަރަށް 21 ޖޫން އަށް ވަނީ ފްލެއިޓެއް ޝެޑިއުލް ކޮށްފައެވެ.
ޖޫން 20 ވަނަ ދުވަހަށް ރ. އިފުރަށް ވެސް ފްލައިޓެއް ޝެޑިއުލްކޮށްފައިވާއިރު، އެދުވަހަށް ކޫއްޑޫ އަދި ކައްދޫ އަށް ވެސް ވަނީ އެޑިޝަނަލް ފްލައިޓް އަޅަން ތާވަލުކޮށްފައެވެ.
We're pleased to announce additional flights for the Eid holidays. Book your seats today for a memorable Eid experience.#Maldivian pic.twitter.com/N22zMD12Dp
— MaldivianAero (@MaldivianAero) June 13, 2024
މޯލްޑިވިއަނުން މި ފްލެއިޓްތައް ތާވަލުކޮށްފައި މިވަނީ ޢީދު ބަންދު ނިމޭ ކޮޅެވެ. އެ ކުންފުނިން ވަނީ އީދު ބަންދު ފެށޭކޮޅަށް ވެސް ބައެއް މަންޒިލްތަކަށް ފްލައިޓްތައް އިތުރުކޮށްފައެވެ.
ޗުއްޓީ ދުވަސްވަރު ދުރާލާ ޓިކެޓް ނުނަގާނަމަ މަންޒިލްތަކަށް ދިޔުމަށް ޓިކެޓް ހޯދުމަކީ ދަތިކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!