މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024 އަންނަ ޖުލައި މަހު ބާއްވާގޮތަށް އެ އެވޯޑް ބާއްވާ ތާރީޚަށް ބަދަލުގެނެސްފިއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މިއަދު ބުނީ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024 އަންނަ ޖުލައި މަހު ބާއްވާގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
މި އެ ވޯޑު ބާއްވަން ކުރިން ނިންމާފައި އޮތީ އަންނަ ޖޫން މަހުގެ 27 ގައެވެ. ނަމަަވެސް މިހާރު އެ އެވޯޑު ބާއްވަން ނިންމާފައި ވަނީ އަންނަ ޖުލައި މަހުގެ 4 ގައެވެ.
މި އެވޯޑު ހަފްލާ ލަސްކޮށްފައި ވަނީ، ބޮޑު އީދާ ދިމާކޮށް ސަރުކާރު ބަންދުވުމާއިއެކު ހަފްލާ އެންމެ ފުރިހަމައަށް ބާއްވަން ބޭނުންވާތީކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ ރާއްޖޭގެ ގައުމީ ފަންތީގެ ހުރިހާ ކުޅިވަރެއް ހިމެނޭހެން ދެވޭ ހަމައެކަނި އެވޯޑެވެ. މިއަހަރުގެ އެވޯޑުގައި ވެސް 18 ކުޅިވަރު އެސޯސިއޭޝަނެއްގެ މޮޅު ކުޅުންތެރިން ހޮވައި އަހަރުގެ އެންމެ މޮޅު އެތުލީޓުވެސް ހޮވާނެ އެވެ.
މީގެ އިތުރުން ކުޅިވަރާ ގުޅުންހުރި ދާއިރާތަކުގެ ފަރާތްތަކަށް އެވޯޑު ދިނުމުގެ އިތުރުން، ކުޅިވަރަށް ކޮށްދީފައިވާ ޚިދުމަތްތައް ފާހަގަކޮށް، ހިތްވަރުދިނުމުގެ ގޮތުން އެޕްރިސިއޭޝަން އެވޯޑުތަކެއްވެސް ދިނުމަށްވަނީ ހަމަޖެހިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!