މަޖިލިސް މެންބަރުންގެ އަދަދު ލިމިޓް ކުރަން ސަރުކާރުން އިސްލާހެއް ހުށަހަޅަނީ
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ލިމިޓްކުރުމަށް ސަރުކާރުން ޤާނޫނުއަސާސީ އަށް އިސްލާހެއް ހުށަހަޅަން ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ. ޤާނޫނުއަސާސީގައި މިހާރު ބުނާގޮތުން ދިވެހިރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ އާބާދީގެ ފުރަތަމަ ފަސްހާސް މީހަކަށް ނުވަތަ ފަސްހާސް މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެމެންބަރުން އިންތިޚާބު ކުރަންޖެހެއެވެ. އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީ ފަ...