މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (01:00 އިން 07:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,457 Stories
3,509 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި
Raajje

ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

ރާއްޖޭން ބޭރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު މިރޭ މާލެ ވަޑައިގެންފިއެވެ. ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅެކެވެ. ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރައިވަޑައިގަތީ މި މަހުގެ 26 ވަނަ ދުވަހުގެ ރެއެވެ. އެ ރޭ ސިންގަޕޫރަށް ފުރައިވަޑައިގަތުމުގެ ކުރިން ރައީސް ވަނީ ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި ހަރުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ. އަދި ދެ ދުވަހުގެ […...

ފެނަކައަކީ ފައިދާވާ ކުންފުންޏަކަށް ހެދޭނެ: އެސްޓީއޯ
Business

ފެނަކައަކީ ފައިދާވާ ކުންފުންޏަކަށް ހެދޭނެ: އެސްޓީއޯ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) އަކީ ފައިދާވާ ކުންފުންޏަކަށް ހެދޭނެކަމަށާއި، ފެނަކައިގެ ހާލަތު ރަނގަޅުކޮށް ފައިދާވާ ކުންފުންޏަކަށް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ މީޑިއަމް-ލޯންގް ޓާމަށް ވިސްނައިގެންކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ)ގެ ސީއީއޯ ޝިމާދު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ. ފެނަކަ އަކީ، އެސްޓީއޯ ގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ 25 އޯގަސްޓް 2024 ގައެ...

އިސްކުރަންޖެހޭނީ ރައްޔިތުންނާއި ކިޔަވާކުދިން ކަމަށް ރައީސް ބީއެމްއެލްއަށް އެންގެވި: ސައީދު
Raajje

އިސްކުރަންޖެހޭނީ ރައްޔިތުންނާއި ކިޔަވާކުދިން ކަމަށް ރައީސް ބީއެމްއެލްއަށް އެންގެވި: ސައީދު

ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ބޭނުންވާ ވަރަށް ޑޮލަރު ނުލިބޭކަމަށް ބުނެ ނިންމުތަކެއް ނިންމައި އެކަން ޢިއުލާންކުރީ އެކަން އެގޮތަށް ނުކުރަން ރައީސް އަންގަވާފައި ވަނިކޮށްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ބީއެމްއެލްގެ އެ ނިންމުމަކީ ބަޣާވާތެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސިފަކުރަށްވާފައެވެ. އަދި ސަރުކާރުގެ އިސްވެރިންނާއި ސަރުކާރަށް ތާއީދު ކުރާފަރާތްތަކުން ވެސް އެއީ މާލީ ބަޣާވާތެއްކަމަށް އަންނަނީ ބުނަމުންނެވެ. މި...

އަޤްޞާ މިސްކިތުގައި ޔަހޫދީންގެ ފައްޅިއެއް އަޅާނެކަމަށް ބުނިބުނުން ރާއްޖެއިން ކުށްވެރިކޮށްފި
Raajje

އަޤްޞާ މިސްކިތުގައި ޔަހޫދީންގެ ފައްޅިއެއް އަޅާނެކަމަށް ބުނިބުނުން ރާއްޖެއިން ކުށްވެރިކޮށްފި

ފަލަސްތީނުގެ ގުދުސްގައި ހުންނަ އަލް މަސްޖިދުލް އަޤްޞާ މިސްކިތުގައި ޔަހޫދީ ދީނުގެ އަޅުކަމުގެ ފައްޅިއެއް އެޅުމަށް ފުރުސަތުލިބިއްޖެނަމަ އެކަން ކުރާނެކަމަށް އިސްރާއީލުގެ ނޭޝަނަލް ސެކިއުރީޓީ މިނިސްޓަރު އިތަމާރ ބެން ގްވިރ ބުނެފައިވާ ބުނުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. އިސްރާއީލުގެ ހައްދުފަހަނާއަޅާފައިވާ މި ވަޒީރު ހޯމަ ދުވަހު އިސްރާއީލުގެ އަސްކަރީ ރޭޑިއޯއަށް ދިން ބަސްދީގަތުމެއްގައި، އޭނާއަށް ބާރުލިބިއްޖެނަމަ މާތްވެގެންވާ އަޤްޞާ މިސްކިތުގެ އިމުގެ ތެރޭގައި ޔަހޫދީން އަޅ...

އަބުދުއްރަހީމްގެ ސުވާލެއް، ޔާމީން ގެ އެޅީ ކޮންތާކުން ހޯދި ފައިސާއަކުން؟
Raajje

އަބުދުއްރަހީމްގެ ސުވާލެއް، ޔާމީން ގެ އެޅީ ކޮންތާކުން ހޯދި ފައިސާއަކުން؟

އެހެންމީހުންނާއި ގުޅުވައިގެން ޔާމީން ވާހަކަފުޅު ދައްކަވާއިރު، ޔާމީންގެ ގެ އިމާރާތްކުރަށްވަނީ ކޮންތާކުން ހޯދި ފައިސާއަކުންތޯ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) ސުވާލު އުފައްދަވައިފިއެވެ. ރާއްޖޭގެ އަމިއްލަ ޓީވީޗެނެލްއެއްކަމަށްވާ ސަންގު ޓީވީއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާމަންގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ އަބުދުއްރަހީމް ވަނީ ”ޔާމީން ގޭ ހަދަނީ ކޮންތާކުން ހޯދާ ފައިސާއަކުންތޯ؟” ސުވާލުކުރައ...

ޔާމީނުގެ އޮތީ އަމިއްލައެދުމާއި ދަހިވެތިކަން، ރައްޔިތުންނަށް މިއަދު އެކަން އިނގޭނެ: އަބުދުއްރަޙީމް
Raajje

ޔާމީނުގެ އޮތީ އަމިއްލައެދުމާއި ދަހިވެތިކަން، ރައްޔިތުންނަށް މިއަދު އެކަން އިނގޭނެ: އަބުދުއްރަޙީމް

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމުގެ އަމިއްލަ ފިޔަވާ އެހެން އެއްވެސްކަމެއްނެތްކަން މިއަދު ރައްޔިތުންނަށް ވަޒަންކޮށްލެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާމަންގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ އަބުދުއްރަހީމް މިހެން ވިދާޅުވީ، ރާއްޖޭގެ އަމިއްލަ ޓީވީޗެނެލްއެއްކަމަށްވާ ސަންގު ޓީވީއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ. މި ބަސްދީގަތުމުގައި ދެއްކެވި ވާހަކާގައި އ...

އީދު މިސްކިތުން ވައްކަންކޮށްފި
News

އީދު މިސްކިތުން ވައްކަންކޮށްފި

މާލޭގެ އީދު މިސްކިތުގެ ފަންކާތަކުގެ ނަރުތައް ބުރިކޮށްލައި ވައްކަންކޮށްފިއެވެ. މާލެ ސިޓީ ކައުންސިލުން ބުނީ، އީދު މިސްކިތުން ރޭ އިރުއޮއްސި 6:00 އާއި ރޭގަނޑު 10:00 އާއި ދެމެދު ވައްކަންކޮށްފައިވާ ކަމަށެވެ. ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި 13 ބޮކި އަދި 8 ފަންކާގެ ނަރުތައް ހިމެނޭ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން މިއަދު ބުނީ، އީދު މިސްކިތުގެ ފަންކާތަކުގެ ނަރުތައް ބުރިކޮށްލައި ވައްކަންކޮށްފައިވާ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން […]

ވަގަށްނެގި ދެ ލެޕްޓޮޕް ވިއްކާލާފައި ވަނިކޮށް ފުލުހުން ހޯދައިފި
Raajje

ވަގަށްނެގި ދެ ލެޕްޓޮޕް ވިއްކާލާފައި ވަނިކޮށް ފުލުހުން ހޯދައިފި

ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުން ވައްކަންކޮށް، ވަގަށްނަގާފައިވާ ދެ ލެޕްޓޮޕް ވިއްކާލާފައި ވަނިކޮށް ފުލުހުންގެ މަސައްކަތުން ހޯދައިފިއެވެ. ފުލުހުން މިރޭ ބުނީ، އެ ސްކޫލުން ވައްކަންކޮށްފައިވާކަމުގެ މައުލޫމާތު ރޭ އެ އިދާރާއަށް ލިބިފަައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ އެތަކެތި ހޯދުމަށް ސީސީޓީވީ ފުޓޭޖްތައް ބަލާފައެވެ. މިގޮތުން ފުލުހުންގެ މަސައްކަތުން އެ ސްކޫލުން ވަގަށްނަގާފައިވާ ދެ ލެޕްޓޮޕް ވިއްކާލާފައި ވަނިކޮށް މިރޭ ވަނީ ހޯދާފައެވެ. މި މިމައްސަލާގައި އަދި މީހަކު ހައްޔަރެއް ނު...

މަސައްކަތްތެރިންގެ ޖީލެއް ބީނާކުރުމަށް ޕްރޮގްރާމްތައް ހިންގަން އެއްބަސްވުމެއް
Raajje

މަސައްކަތްތެރިންގެ ޖީލެއް ބީނާކުރުމަށް ޕްރޮގްރާމްތައް ހިންގަން އެއްބަސްވުމެއް

އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލެއް ބީނާކުރުމަށް އެކިއެކި ޕްރޮގްރާމްތައް ހިންގުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮއްފިއެވެ. މި އެއްބަސްވުމަކީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއާއި، މޯލްޑިވިސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (އެމްއޭއެޗްއާރްޕީ) ގުޅިގެން މި ޕްރޮގްރާމްތައް ހިންގުމަށް ވެފައިވާ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރައްވާފައިވަނީ...

ރައީސް މުޢިއްޒަށް 14 މިލިއަން ރުފިޔާ ދިންކަމަށް ރިޔާޟްއާއި ގުޅުވައި ދެއްކިވާހަކަ ދޮގުކޮށްފި
Raajje

ރައީސް މުޢިއްޒަށް 14 މިލިއަން ރުފިޔާ ދިންކަމަށް ރިޔާޟްއާއި ގުޅުވައި ދެއްކިވާހަކަ ދޮގުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް، ތިމަރަފުށި ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ރިޔާޟް މެދުވެރިވެގެން 14 މިލިއަން ރުފިޔާގެ މުއާމަލާތެއް ހިންގާފައިވާކަމަށް ޕީޕަލް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ފްރަންޓް އޮފީސް ޖަލްސާގައި ރޭގައި ދެއްކި ވާހަކަ ރިޔާޟް ދޮގުކުރަށްވައިފިއެވެ. ޕީއެންއެފް ޖަލްސާގައި އަހްމަދު ފަޔާޒް (ޕާޕާ) ދެއްކި މިވާހަކައާއި ގުޅުވައި، ރިޔާޟް އެކްސްގައި ވިދާޅުވީ އެއީ ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށެވެ. 2023 ރިޔާސީ އިންތިޚާބުގެ 2 ވަނަބުރުގެކުރިން ސިޔާސީ އެއްވެސްކަމެއްގައި ރައީސް ޑރ. މުއިއް...

81،030 ޑޮލަރު ބޭރުކުރަން އުޅުނު ބިދޭސީ މީހާގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތު
Raajje

81،030 ޑޮލަރު ބޭރުކުރަން އުޅުނު ބިދޭސީ މީހާގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތު

ކޯންފްލެކްސް ފޮއްޓެއްގައި ފޮރުވައިގެން ޑޮލަރު ބޭރުކުރަން އުޅުނު ބަންގްލަދޭޝް މީހާގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް، މައްސަލަ ތަހްގީގުކުރަން ފަށައިފިއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މާލެއިން ޑާކާއަށް ދަތުރުކުރަން ދިޔަ ބަންގްލަދޭޝް ރައްޔިތެއްގެ ލަގެޖުން 81،030 އެމެރިކާ ޑޮލަރު ހޯދައި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ހިފެހެއްޓީ 25 އޯގަސްޓް 2024 ގައެވެ. ފުލުހުން ބުނީ އެމީހާގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔުމުން އޭނާ ބަންދުގައި ބަހައްޓަން 15 ދުވަސް ދީފައިވާ ކަމަ...

ސާފުތާހިރުކަމެއްނެތި ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި
Raajje

ސާފުތާހިރުކަމެއްނެތި ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި

ސާފުތާހިރުކަމެއްނެތި ކާބޯތަކެތި ތައްޔާރުކުރަމުންދިޔަ ބިދޭސީންތަކެއް އަނެއްކާ ވެސް ހައްޔަރުކޮށްފިއެވެ. ރާއްޖޭގައި އުޅޭ ބިދޭސީން އުޅެނީ ޤަވާޢިދުގެ ތެރޭގައިތޯއާއި، އެމީހުން ވިޔަފާރިކުރަމުން ދަނީ ޤާނޫނީ އިމުގެ ތެރެއިންތޯބަލައި، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ. މޯލްޑިވްސް އިމިގްރޭޝަނާއި، ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ހިންގާ މި އޮޕަރޭޝަންގައި މިހާތަަނަށް ޤަވާޢިދުން ބޭރުން ވިޔަފާރިކުރާ އެތައްތަނެއް ބަލާފާސްކޮށް، ޤަވާޢީދުން ބޭރުން އުޅޭ ގިނަ އ...

ޤައުމީ ބޭންކުން ''ހިފީ ރައްޔިތުންގެ ކަރުގައި''، ފަހަތުގައި އޮތީ އެމްޑީޕީ: ޝިޔާމް
Raajje

ޤައުމީ ބޭންކުން ''ހިފީ ރައްޔިތުންގެ ކަރުގައި''، ފަހަތުގައި އޮތީ އެމްޑީޕީ: ޝިޔާމް

ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ބޭނުންވާ ވަރަށް ޑޮލަރު ނުލިބޭކަމަށް ބުނެ އާދީއްތަ ދުވަހު އެ ބޭންކުން ނިންމާފައިވާ ނިންމުންތަކުގެ ފަހަތުގައި އޮތީ އިދިކޮޅު އެމްޑީޕީކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ރޭ ތުހުމަތުކުރަށްވައިފިއެވެ. ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރޭ ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، އާދީއްތަ ދުވަހު ގެންނަން އުޅުނީ މާލީ ބަޣާވާތެކެވެ. ގައުމީ ބޭންކުން ދިވެހި […]

ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް
Raajje

ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެކެވެ. ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އެމަނިކުފާނުމދެ ދުވަހުގެ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގަންނަވަން ރޭ ފުރައިވަޑައިގަންނަވަން ނިންމަވާފައިވާކަމަށް ވިދާޅުވެފައެވެ. ރޭ ސިންގަޕޯ...

އަޅުގަނޑު ވެރިކަންކުރަނީ ﷲ އަށް ޓަކައި، މިއީ ވަރުގަދަ އަމާނާތެއް: ރައީސް
Raajje

އަޅުގަނޑު ވެރިކަންކުރަނީ ﷲ އަށް ޓަކައި، މިއީ ވަރުގަދަ އަމާނާތެއް: ރައީސް

އެމަނިކުފާނު ވެރިކަން ކުރައްވަމުން ގެންދަވަނީ މާތްﷲ އަށް ޓަކައި ކަމަށާއި، މި ވެރިކަމަކީ ރައްޔިތުން މެދުވެރިކޮށް މާތްﷲ އެމަނިކުފާނާއި ހަވާލުކުރަށްވާފައިވާ ވަރުގަދަ އަމާނެއްކަމަށް ދެކިވަޑައިގަންނަވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުން އެމަނިކުފާނާއި ހަވާލުކުރި ޒިންމާ ދެކެނީ ވަރަށް ބޮޑު އަމާނާތެއްގެ ގޮތުގައި ކަމަށެވެ. ”އަޅުގަނޑ...