ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް، ތިމަރަފުށި ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ރިޔާޟް މެދުވެރިވެގެން 14 މިލިއަން ރުފިޔާގެ މުއާމަލާތެއް ހިންގާފައިވާކަމަށް ޕީޕަލް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ފްރަންޓް އޮފީސް ޖަލްސާގައި ރޭގައި ދެއްކި ވާހަކަ ރިޔާޟް ދޮގުކުރަށްވައިފިއެވެ.

ޕީއެންއެފް ޖަލްސާގައި އަހްމަދު ފަޔާޒް (ޕާޕާ) ދެއްކި މިވާހަކައާއި ގުޅުވައި، ރިޔާޟް އެކްސްގައި ވިދާޅުވީ އެއީ ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށެވެ.

Ad
rt

2023 ރިޔާސީ އިންތިޚާބުގެ 2 ވަނަބުރުގެކުރިން ސިޔާސީ އެއްވެސްކަމެއްގައި ރައީސް ޑރ. މުއިއްޒު އާއި ވާހަކަ ދައްކާ މަޝްވަރާކޮށްހަދާފަނުވާނެ ކަމަށް ވެސް ރިޔާޟު ވިދާޅުވިއެވެ.

‘’14 މިލިޔަންރުފިޔާއެއްގެ އެއްވެސް މުއާމަލާތެއް ފޯނުން،މެސެޖުން ނުވަތައަގަބަހުން ރައީސް ޑރ. މުއިއްޒުއާއި ކޮށްފަނުވާނެ.’’ ރިޔާޟް ވިދާޅުވެފަވެއެވެ.

އަމިއްލަ ވިޔަފާރީގައި މިހާރު އުޅުއްވާ ރިޔާޟަކީ، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އެއް ނައިބު ރައީސެވެ.