ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެކެވެ.
ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އެމަނިކުފާނުމދެ ދުވަހުގެ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގަންނަވަން ރޭ ފުރައިވަޑައިގަންނަވަން ނިންމަވާފައިވާކަމަށް ވިދާޅުވެފައެވެ.
ރޭ ސިންގަޕޯރަށް ފުރާވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށް ރައީސް ހާމަކުރެއްވީ، އެމަނިކުފާނާއި ގުޅުވައިގެން އިދިކޮޅުން ދޮގުގެމައްޗަށް ދޮގު ހަދަމުންދާކަމަށް ވިދާޅުވުމަށްފަހުއެވެ.
އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާއި ގުޅުވައިގެން އިދިކޮޅުން ތަފާތުވާހަކަތައް ފަތުރާތީ އެމަނިކުފާނު ވިދާޅުވީ، އިއްޔެ އެމަނިކުފާނު ހޮސްޕިޓަލަށް ވަޑައިގަތީ ފުޓްސަލް ކުޅުއްވަނިކޮށް ލިބުނު ހާނީއްކައަކާއި ގުޅިގެން ޑޮކްޓަރަށް ދައްކަން ކަމަށެވެ.
ރޭގެ ޖަލްސާގައި ރައީސް ވަނީ ރާއްޖޭގެ މާލީ ހާލަތާއި މެދު ރައްޔިތުންނަށް އުންމީދުތައް ދެއްވައި، އެ ހާލަތުން އަރައިގަތުމަށް ސަރުކާރުން ގަދައަޅާ މަސައްކަތްކުރަމުން ގެންދާކަމަށް ވިދާޅުވެފައެވެ. އަދި އަންނަ އަހަރުގެ ނޮވެމްބަރާއި ހަމައަށް މި ހާލަތުން އެއްކޮށް އަރައިގަނެވޭނެކަމަށް ލަފާކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!