ރާއްޖޭން ބޭރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު މިރޭ މާލެ ވަޑައިގެންފިއެވެ.

ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅެކެވެ.

Ad
rt

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރައިވަޑައިގަތީ މި މަހުގެ 26 ވަނަ ދުވަހުގެ ރެއެވެ.

އެ ރޭ ސިންގަޕޫރަށް ފުރައިވަޑައިގަތުމުގެ ކުރިން ރައީސް ވަނީ ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބޭއްވި ހަރުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ. އަދި ދެ ދުވަހުގެ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގަންނަވަން ފުރައިވަޑައިގަންނަވަން ނިންމަވާފައިވާކަމަށް އެ ރޭ ވަނީ ވިދާޅުވެފައެވެ.

ސިންގަޕޯރަށް ފުރާވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށް ރައީސް ހާމަކުރެއްވީ، އެމަނިކުފާނާއި ގުޅުވައިގެން އިދިކޮޅުން ދޮގުގެމައްޗަށް ދޮގު ހަދަމުންދާކަމަށް ވިދާޅުވުމަށްފަހުއެވެ.

މި ދަނޑިވަޅަކީ ރާއްޖެ ވެއްޓިފައިފައިވާ މާލީ އަނދަވަޅުން އަރައިގަތުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ދުވަސް ވަރެކެވެ.