ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުން ވައްކަންކޮށް، ވަގަށްނަގާފައިވާ ދެ ލެޕްޓޮޕް ވިއްކާލާފައި ވަނިކޮށް ފުލުހުންގެ މަސައްކަތުން ހޯދައިފިއެވެ.
ފުލުހުން މިރޭ ބުނީ، އެ ސްކޫލުން ވައްކަންކޮށްފައިވާކަމުގެ މައުލޫމާތު ރޭ އެ އިދާރާއަށް ލިބިފަައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ އެތަކެތި ހޯދުމަށް ސީސީޓީވީ ފުޓޭޖްތައް ބަލާފައެވެ.
މިގޮތުން ފުލުހުންގެ މަސައްކަތުން އެ ސްކޫލުން ވަގަށްނަގާފައިވާ ދެ ލެޕްޓޮޕް ވިއްކާލާފައި ވަނިކޮށް މިރޭ ވަނީ ހޯދާފައެވެ.
މި މިމައްސަލާގައި އަދި މީހަކު ހައްޔަރެއް ނުކުރެއެވެ.
މި މައްސަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!