ކޯންފްލެކްސް ފޮއްޓެއްގައި ފޮރުވައިގެން ޑޮލަރު ބޭރުކުރަން އުޅުނު ބަންގްލަދޭޝް މީހާގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް، މައްސަލަ ތަހްގީގުކުރަން ފަށައިފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މާލެއިން ޑާކާއަށް ދަތުރުކުރަން ދިޔަ ބަންގްލަދޭޝް ރައްޔިތެއްގެ ލަގެޖުން 81،030 އެމެރިކާ ޑޮލަރު ހޯދައި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ހިފެހެއްޓީ 25 އޯގަސްޓް 2024 ގައެވެ.

Ad
rt

ފުލުހުން ބުނީ އެމީހާގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔުމުން އޭނާ ބަންދުގައި ބަހައްޓަން 15 ދުވަސް ދީފައިވާ ކަމަށެވެ.

މީގެ އިތުރުން އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑަރިންގެ މައްސަލަ ތަހްގީގްކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.

ކޯންފްލެކްސް ފޮއްޓެއްގައި ފޮރުވައިގެން ރާއްޖޭން ބޭރުކުރަން އުޅުނު 81،000 ޑޮލަރު ހިފަހައްޓައިފި

މި ބަންގްލަދޭޝް މީހާ ބޭރުކުރަން އުޅުނު ޑޮލަރުތައް އޭވިއޭޝަން ކޮމާންޑުން ހޯދީ ކޯންފްލެކްސް ޕެކެޓެއްގެ ތެރޭގައި ފޮރުވާފައި ހުއްޓައެވެ.

އޭނާ އަކީ ޔޫއެސް ބަންގްލާ އެއަރލައިންސްގެ ފްލައިޓުން ބަންގްލަދޭޝަށް ދަތުރުކުރަން އުޅުނު މީހެކެވެ. އެ މައްސަލާގައި އެދުވަހު އޭނާ ބުނެފައި ވަނީ އެއީ މާލޭގައި ހުންނަ ޗަމްޕާ ގެސްޓްހައުސްގައި އުޅޭ މީހަކު ގެންދަން އޭނާ އާއި ހަވާލުކުރި ކޯންފްލެކްސް ޕެކެޓެއް ކަމަށެވެ.