އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިމާމުންގެ މަހާސިންތާ 2024 މިއަދު ފަށައިފިއެވެ.
މި މަހާސިންތާގައި މުހިއްމު ފަސް ސެޝަނެއް އޮންނާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
މިގޮތުން މިއަދު ހެނދުނު ވަނީ ފުރަތަމަ ސެޝަން ކުރިއަށް ގެންގޮސްފައެވެ. މި ސެޝަން ނަންގަވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ. މި ސެޝަންގެ މަޢުޟޫއުއަކީ އުންމަތް ބިނާކުރުމުގައި މިސްކިތްތަކުގެ ދައުރެވެ.
ދެވަނަ ސެޝަންގައި އިމާމުންގެ މުހިންމުކަމާއި ރިވެތި އަޚުލާޤާއި ގުޅޭ ގޮތުން ސެޝަން ނަންގަވައިދެއްވީ އިސްލާމީ މަރުކަޒުގެ އިމާމް ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްއެވެ. މި ސެޝަން ވެސް އޮތީ ހެނދުނުއެވެ.
ތިން ވަނަ ސެޝަންގައި އިމާމުންނަށް ސިވިލްސާވިސް ޤަވާއިދާ ގުޅޭ ގޮތުން މަޢުލޫމާތު ދީފައިވާއިރު، ހަތަރު ވަނަ ސެޝަންގައި ކުރިއަށް ގެންދިޔައީ އިމާމުންނާ ބެހޭ ފިޤުހީ އަދި އިދާރީ އިރުޝާދު ދިނުމަށް ބާއްވާ ހާއްސަ ޕެނަލް ޑިސްކަޝަންއެވެ.
ދެން އޮންނާނީ އެންމެ ފަހު ސެޝަން އެވެ. މި ސެޝަންގައި އޮންނާނީ އިމާމުންނާއެކު މަޝްވަރާ ކުރުމެވެ.
މި މަހާސިންތާގެ މަޤްޞަދުތައް
- ދިވެހިރާއްޖޭގައި މަސައްކަތްކުރަމުންދާ އިމާމުން އެއް ޕްލެޓްފޯމަކުން ބައްދަލުވެ އެކަކު އަނެކަކަށް ތަޢާރަފްވެ، އިމާމުންނަށް ހުރި ގޮންޖެހުންތަކާއި ދަތިތަކާއި ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުން،
- އިމާމުންނަށް ޤުރްއާނާއި، ތަޖުވީދުގެ ޢިލްމާއިމ ތަފްސީރާއި، ފިޤުހާއި، ޙަދީޘާއި، އަޤީދާގެ ޢިލްމުގެ ދާއިރާއިން އިމާމަކަށް ބޭނުންވާ މުހިއްމު ޢިލްމީ މަޢުލޫމާތުތައް ހިއްސާކުރުން
- މިސްކިތްތައް ބެލެހެއްޓުމުމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި އެ މަސްއޫލިއްޔަތުތައް އާދަކުރުމުގައި ހުރި ގޮންޖެހުންތަކާމެދު މަޝްވަރާކުރުން
- އިމާމުން އިތުރަށް ތާޒާކުރުމާއި އިމާމުންގެ ކަންބޮޑުވުންތައް އަޑުއަހާއި މަޝްވަރާކުރުން.
މަހާސިންތާ ފެއްޓެވުމުގެ ގޮތުން ދެއްކެވި ވާހަކާގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވީ، އިމާމުންނާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ގުޅުން ބަދަހިކުރައްވާ، އިމާމުންގެ ހުށައެޅުންތައް އަޑުއަހައި، މަޝްވަރާކުރުމަކީވެސް މި މަހާސިންތާގެ ބޭނުމެއްކަމަށް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!