މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގެ ތުހުމަތުވާ މީހަކު ތަހުގީގަށް ހާޒިރުވުމަށް އަންގައި ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ޢިއުލާންކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލައަކީ ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުންް ތަހުގީގު ކުރަމުންދާ މައްސަލައެކެވެ.

Ad
rt

މި މައްސަލައިގެ ތުހުމަތުގައި ތަހުގީގަށް ހޯދަމުން ދަނީ އުމުރުން 35 އަހަރުގެ ޢަބްދުﷲ ރިޝީފް، ޝާޒް/ ހދ. ނޭކުރެންދޫ އެވެ.

ފުލުހުން ބުނީ މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގެ ތަހުގީގަށް ރިޝީފް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާކަމަށެވެ.

އެހެންވެ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ ދަށުން އޭނާ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

މި އެންގުމާއި ގުޅިގެން، 24 ސެޕްޓެމްބަރ 2024 ވަނަ ދުވަހުގެ ހެނދުނު 09:00 އަށް ޢަބްދުﷲ ރިޝީފް ހާޒިރުވާން ޖެހެނީ މާލޭގައި ހުންނަ ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިޤޭޝަން ބިލްޑިން އަށެވެ.