ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު އެއް މަޝްރޫ، ބަންކަރިން ޚިދުމަތް މިއަދު ފަށައި ފުރަތަމަ އުޅަނދަށް ޚިދުމަތް ދީފިއެވެ.
މި ޚިދުމަތް މިއަދު ހަވީރު ރަސްމީކޮށް ފަށާފައިވާއިރު، ފުރަތަމަ ޚިދުމަތް ފޯރުކޮށްދީފައި ވަނީ ލަންކާގެ ކޮޅުނބާއި ރާއްޖެއާއި ދެމެދު ދަތުރުކުރާ ބޯޓަކަށެވެ.
މި ޚިދުމަތް ދިނުމުގައި އިސްވެ އޮންނާނީ ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އެވެ. އަދި މިޚިދުމަތް ދިނުމުގައި އެސްޓީއޯގެ އެއްމެ މުހިންމު ބައިވެރިޔަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެވެ.
އެ ކުންފުނިތަކުން ވަނީ ޚިދުމަތް ފަށާ ފުރަތަމަ ދުވަހުވެސް ކަސްޓަމަރުން ލިބޭނެކަމަށް ކުރިން ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!