މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (07:00 އިން 11:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,458 Stories
3,694 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

އިސްރާއީލުން އީރާނަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
International

އިސްރާއީލުން އީރާނަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

އިސރާއީލުން، އީރާނަށް އަމާޒުކޮށް ދިން އަސްކަރީ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. އިސްރާއީލުން އީރާނަށް ހަމަލާދޭން ފަށާފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ. އިސްރާއީލުން އީރާނަށް ވައިގެ މަގުން އުދުވާނީ ހަމަލާތަކެއް ދިނުމަށްފަހު ހަމަލާތައް ހުއްޓާލިކަން މިހާރު ވަނީ އިއުލާނުކޮށްފައެވެ. އިސްރާއީލުގެ މިހަމަލާތަކާއި ގުޅިގެން ދިވެހި ޚާރިޖިއްޔާއިން އާންމުކުރި ބަޔާނެއްގައި މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވާއިރު، ހަމަނުޖެހުންތައް އިތުރަށް ބޮޑުނުވެ، މެދުއިރުމަ...

އަންނަ ނޮވެމްބަރުން ފެށިގެން އަލުން ޑޮމެއިން ނަންބަރުތައް ދޫކުރަން ފަށަނީ
Raajje

އަންނަ ނޮވެމްބަރުން ފެށިގެން އަލުން ޑޮމެއިން ނަންބަރުތައް ދޫކުރަން ފަށަނީ

އަންނަ ނޮވެމްބަރުން ފެށިގެން އަލުން ޑޮމެއިން ނަންބަރުތައް ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފިއެވެ. އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އަލުން ޑޮމެއިންގެ ޚިދުމަތް ފަށާއިރު މިހާރު އަމަލުކުރަމުން އަންނަ އުސޫލުތަކާއި ޤަވާޢިދު ވެސް އިސްލާޙް ވެގެން އަންނާނެ ކަމަށެވެ. އަދި ޑޮމެއިން ޚިދުމަތް ދިނުމާގުޅޭ ލިޔެކިޔުން ތަކަކީ ސެކިއުރިޓީ ފީޗާސް އެކުލެވޭ ލިޔެކިޔުންތަކަކަށް ބަދަލުވެގެން ދާނެކަމަށް ވެސް އެ މިނިސްޓްރީން ބުނެފަވެއެވެ. އެ މިނިސްޓްރީން ވަނީ މި މަސަ...

މެޑިކަލް ކުނި މެނޭޖްކުރެވޭ ރާއްޖޭގެ ފުރަތަމަ ފެސިލިޓީ ބާރަށުގައި ގާއިމުކޮށްފި
Thiladhunmathi News

މެޑިކަލް ކުނި މެނޭޖްކުރެވޭ ރާއްޖޭގެ ފުރަތަމަ ފެސިލިޓީ ބާރަށުގައި ގާއިމުކޮށްފި

ހއ. ބާރަށު ޞިއްޙީ މަރުކަޒުގައި މެޑިކަލް ކުނި މެނޭޖްކުރުމަށް ހާއްސަ ތަނެއް ގާއިމުކޮށް، ނެޝަނަލް ހެލްތު ލެބޯރެޓަރީގެ މަސައްކަތް ހަރުދަނާ ކުރުމަށް ހެވީމެޓަލްސް ޓެސްޓު ކުރެވޭ އައި.ސީ.ޕީ އެމް.އެސް މެޝިނެއް އެ މަރުކަޒަށް ފޯރުކުށްދިނުމުގެ އެއްބަސްވުމުގެ ސޮއިކޮށްފިއެވެ. ބާރަށުގައި ގާއިމު ކުރެވުނު ފެސިލިޓީ އަކީ ސިއްޚީ މަރުކަޒެއްގައި ސިއްޙީ ކުނި މެނޭޖުކުރުމަށް ދިވެހިރާއްޖޭގައި ގާއިމުކުރެވުނު ފުރަތަމަ ފެސިލިޓީއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ...

”އަނބިންނާއި ދަރިންނަށް ޚަރަދުކުރުމަކީ ފިރިންނާއި ބަފައިންގެ މައްޗަށް ވާޖިބެއް“
Report

”އަނބިންނާއި ދަރިންނަށް ޚަރަދުކުރުމަކީ ފިރިންނާއި ބަފައިންގެ މައްޗަށް ވާޖިބެއް“

އަނބިމީހާ އާއި ދަރިންނަށް ޚަރަދުކުރުމުގަައި ފިރިން ނުވަތަ ބަފައިން ފަރުވާކުޑަކޮށް، ބައެއް ބަފައިންނާއި ފިރިން އެކަމަށް އިހްމާލްވެފައިވާކަމީ މިއަދު އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއިން ވެސް ފެންނަމުންދާ ހިތްދަތި މަންޒަރެކެވެ. މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ މިފަދަ ފިރިންނާއި ބަފައިންނަށް އިސްލާޙްވެ، ވާޖިބު އަދާކުރުމަށް ބާރުއަޅައި އެކަމަށް އިސްލާމްދީނުގައި ދީފައިވާ މަތިވެރި އަހަށްމިއްޔަތު އަންގައިދީފައެވެ. އަނބިމީހާ އަށް ނަފަޤާތު ދިނުމަށާއި ބޯހިޔާވަހިކަން ދިނުމަށް ފިރިމީހާގެ މައްޗަށް ވަނީ...

ޑިމޮކްރެޓިކް އުސޫލުތައް ހަރުދަނާ ކުރުމަށް ރާއްޖެއިން ބޮޑެތި މަސައްކަތްތަކެއްކުރޭ: ނައިބު ރައީސް
Raajje

ޑިމޮކްރެޓިކް އުސޫލުތައް ހަރުދަނާ ކުރުމަށް ރާއްޖެއިން ބޮޑެތި މަސައްކަތްތަކެއްކުރޭ: ނައިބު ރައީސް

ހެޔޮ ވެރިކަން ކުރިއަރުވައި، ޑިމޮކްރެޓިކް އުސޫލުތައް ހަރުދަނާ ކުރުމަށް ރާއްޖެއިން ވަރަށް ބޮޑެތި މަސައްކަތްތަކެއްކުރަމުން އަންނަކަމަށް ނައިބު ރައީސް ހުސެން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިފަދައިން ވިދާޅުވީ ސަމޯއާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގ (ޗޮގަމް)ގެ އެގްޒެކެޓިވް ސެޝަންގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. މި ސެޝަންގައި ނައިބު ރައީސް ހުސެން ދެއްކެވި ވާހަކަފުޅުގައި، ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކުރެއްވުމަށް، ކޮމަންވެލ...

އެކްސިޑެންޓްގައި މޫދަށް ވެއްޓުނީ މީހެއްނޫން، ޑިންގީގައި ހުރި ތަކެތި
Raajje

އެކްސިޑެންޓްގައި މޫދަށް ވެއްޓުނީ މީހެއްނޫން، ޑިންގީގައި ހުރި ތަކެތި

ދެ ޑިންގީ ޖެހި މިރޭ ހުޅުމާލޭ ފަޅުގައި ހިނގި އެކްސިޑެންޓްގައި މީހަކު މޫދަށް ވެއްޓިގެން ހޯދަމުން އަންނަކަމަށް ފުރަތަމަ ފުލުހުން ބުނިނަމަވެސް މި އެކްސިޑެންޓްގައި މީހަކު މޫދަށް ވެއްޓިފައިނުވާކަމަށް ފުލުހުން ބުނެފިއެވެ. މި އެކްސިޑެންޓްގެ މައުލޫމާތުދިންތާ 15 ވަރަކަށް މިނިޓްފަހުން ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ކުރީގެ މައުލޫމާތު އިސްލާހްކޮށް ބުނެފައި ވަނީ މޫދަށް ވެއްޓުނީ މީހެއް ނޫންކަމަށެވެ. ދެ ޑިންގީ ޖެހި އެކްސިޑެންޓެއް، މޫދަށް ވެއްޓުނު މީހަކު ގެއްލިގެން ހޯދަނީ ”މޫދަށް ވެއްޓިފައި ވަނީ...

ދެ ޑިންގީ ޖެހި އެކްސިޑެންޓެއް، މޫދަށް ވެއްޓުނު މީހަކު ގެއްލިގެން ހޯދަނީ
Raajje

ދެ ޑިންގީ ޖެހި އެކްސިޑެންޓެއް، މޫދަށް ވެއްޓުނު މީހަކު ގެއްލިގެން ހޯދަނީ

ދެ ޑިންގީ ޖެހި އެކްސިޑެންޓެއް ހިނގައި މޫދަށް ވެއްޓުނު މީހަކު ގެއްލިގެން ހޯދަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލޭ ވެމްކޯ ޖެޓީ އާއި ދިމާލުގައެވެ. ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައި ވަނީ ދާދި ދެންމެއަކު ކަމަށެވެ. އަދި އެމީހާ ހޯދުމަށް އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އެކްސިޑެންޓްގައި މޫދަށް ވެއްޓުނީ މީހެއްނޫން، ޑިންގީގައި ހުރި ތަކެތި ނޯޓު: މި ޚަބަރުގައި ދެ ޑިންގީ […]

ޓިކްޓޮކްގައި ޒުވާބު ހޫނުވެ މަރުގެ އިންޒާރު ދީފި
Raajje

ޓިކްޓޮކްގައި ޒުވާބު ހޫނުވެ މަރުގެ އިންޒާރު ދީފި

މީސް މީޑިއާ ޕްލެޓް ފޯމް، ޓިކްޓޮކްގައި ދިވެހި ދެ އަންހެނަކު ޒުވާބުކޮށް، އެކަކަށް މަރުގެ އިންޒާރު ދިން މައްސަލައެއް ސަމާލުކަމަށް އައިސްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ. ފުލުހުން ބުނީ، އެ މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައުމުން ބަލަންޖެހޭކަންކަން ބަލަމުން އަންނަކަމަށެވެ. މި ޒުވާބު ހިނގާ ހިނގާފައި ވަނީ ޓިކްޓޮކް ތަރި ސަމާ އާއި އަސްލޭ ކިޔާ އަންހެނަކާ ދެމެދުއެވެ. މިކަމާއި ގުޅިގެން ސަމާ ވަނީ އޭނާ އަށް އިންޒާރު ދިން ލައިވްގެ ވީޑިއޯ […]

ދޮށީ އުމުރު މީހެއްގެ ކޭސްކާޑެއް ވަގަށްނެގި ދެ މީހަކު ކަނޑުމަތިން ހައްޔަރުކޮށްފި
Raajje

ދޮށީ އުމުރު މީހެއްގެ ކޭސްކާޑެއް ވަގަށްނެގި ދެ މީހަކު ކަނޑުމަތިން ހައްޔަރުކޮށްފި

ދޮށީ އުމުރު މީހެއްގެ ކޭސްކާޑެއް ވަގަށްނަގައި  އެ ކާޑުން ފައިސާ ވަގަށް ނެގި ދެ މީހަކު ކަނޑުމަތިން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ގއ. ވިލިނގިލީގެ ދޮށީ އުމުރު މީހެއްގެ ކޭސްކާޑުން މާމެންދޫގައި ހުންނަ އޭޓީއެމުން ފައިސާ ނަގާފައިވާ މައްސަލައެއް 23 އޮކްޓޯބަރު 2024 ގައި ހުށަހެޅުނު ކަމަށެވެ. މި މައްސަލައާއި ގުޅިގެން ކާޑު ވަގަށްނެގި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ހައްޔަރުކޮށްފައި ވަނީ މާމެންދޫ އިން ވިލިނގިއްޔަށް ދަނިކޮށް ކަނޑުމަތިންނެވެ. އެ މީހުން ހައްޔަރުކޮށް ފުލުހުން […]

5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅައިފި
Parliament

5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅައިފި

ޖުމުލަ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ސަޕްލިމެންޓްރީ ބަޖެޓުން އެންމެ ބޮޑު ބައެއް ހޭދަކުރަން ހުށަހަޅާފައި ވަނީ ޕީއެސްއައިޕީ ޕްރޮޖެކްޓްތަކަށެވެ. އެއީ ފަސް ބިލިއަން ރުފިޔާގެ ބަޖެޓުން ދެ ބިލިއަން ރުފިޔާއެވެ. ސަޕްލިމެންޓަރީ ބަޖެޓާ އެކު ޖުމްލަ ބަޖެޓުގެ ޑެފިސިޓު 18 ބިލިއަނަށް އަރާނެއެވެ. މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާލީ ވަޒީރު މޫސާ ޒަމީރު މި ބަޖެޓް ހުށަހަޅަމުން ވަޒީރު ވިދާޅުވީ، އުލަތުގެ މާލީ ހިސާބުތަކަށް […]

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުވާ ބިދޭސީއަކު ހައްޔަރުކޮށްފި
Raajje

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުވާ ބިދޭސީއަކު ހައްޔަރުކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި ދެކުނު ސަރަހައްދު ރަށެއްގައި އުމުރުން 8 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. ފުލުހުންނަށް މި ރިޕޯޓު ކޮށްފައި ވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. ‘’މި މައްސަލައާއި ގުޅިގެން 26 އަހަރުގެ ބިދޭސީ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައި’’ ފުލުހުން ބުނެފަވެއެވެ. މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.  

މަޖިލިސް ރައީސް ވެސް މުސާރައިން %50 ނުނަގަން ނިންމަވައިފި
Raajje

މަޖިލިސް ރައީސް ވެސް މުސާރައިން %50 ނުނަގަން ނިންމަވައިފި

މަޖިލިސް ރައީސްގެ މުސާރައިން ވެސް %50 ނުނަގަން މަޖިލީހުގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲ ނިންމަވައިފިއެވެ. އަބުދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމަނިކުފާނުގެ މުސާރައިން %50 ނުނަގާގޮތަށް ނިންމަވާފައިވާ ކަމަށެވެ. މި ނިންމެވުން ނިންމެވީ، ދިވެހި ދައުލަތުގެ އިގްޞާދީ ޙާލަތު ރަނގަޅު ކުރެއްވުމަށްޓަކައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެތެރޭގައި ހިމެނޭ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައިން %10 ކުޑަ ކުރެއްވުމަށް ނިންމެވި ނިއްމެވު...

ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ލިމިޓް 1،200 އަށް ބޮޑުކޮށްފި
Raajje

ބޭރުގައި ކިޔަވާ ދަރިވަރުންނަށް ޑޮލަރު ލިމިޓް 1،200 އަށް ބޮޑުކޮށްފި

ބޭރުގައި ކިޔަވާ ދަރިވަރުންނަށް މަހަކު ފޮނުވޭ ޑޮލަރު ލިމިޓް 1،200 އަށް ބީއެމްއެލް އިން ބޮޑުކޮށްފިއެވެ. ބީއެމްއެލް އިން މިކަން ޢިއުލާން ކުރީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ. މި ބަދަލު ގެންނަން އެ ބޭންކުން ނިންމާފައި ވަނީ އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

ރައީސްގެ މުސާރައިން %50، ސިޔާސީ މަގާމުތަކުގެ މުސާރައިން %10 އުނިކޮށް ގިނަ ފިޔަވަޅުތަކެއް
Raajje

ރައީސްގެ މުސާރައިން %50، ސިޔާސީ މަގާމުތަކުގެ މުސާރައިން %10 އުނިކޮށް ގިނަ ފިޔަވަޅުތަކެއް

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މުސާރައިން %50 ނުނަގަން ނިންމަވައި، ސިޔާސީ މަގާމުތަކުގެ މުސާރައިން %10 އުނިކޮށް ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަން އެމަނިކުފާނު މިރޭ ޢިއުލާން ކުރަށްވައިފިއެވެ. އެކްސް މެދުވެރިކޮށް ރައީސް ޢިއުލާންކުރެއްވި ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކާއި ގުޅޭގޮތުން ވިދާޅުވެފައި ވަނީ، 2025 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު، އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ....

ދުއްވާފައި ދިޔަ ލޮރީއެއްގައި ހުރި ކުލަޓައްޕުތަކެއް މަގުމައްޗަށް ބަންޑުންވެއްޖެ
Raajje

ދުއްވާފައި ދިޔަ ލޮރީއެއްގައި ހުރި ކުލަޓައްޕުތަކެއް މަގުމައްޗަށް ބަންޑުންވެއްޖެ

މާލޭގެ މަގެއްގައި ދުއްވަމުން ދިޔަ ލޮރީއަކުން ކުލަފާތްތަކެއް މަގުމައްޗަށް ވެއްޓި ބަންޑުވުމުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 12:18 އެހައިކަށްހާއިރު މާލޭގެ ބޮޑުތަކުރުފާނު މަގުގައި، މޫންލައިޓް ހިނގުމާ ގުޅޭ ހިސާބުގައެވެ. އެ ހިސާބުން ދުއްވަމުން ދިޔަ ލޮރީއެއްގައި ހުރި ކުލަފާޓާތަކެއް މަގުމައްޗަށް ވެއްޓި ކުލަތައް މަގުމައްޗަށް ފައިބާފައިވާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ މިކަމާ ގުޅުންހުރި އިދާރާތަކ...