ދެ ޑިންގީ ޖެހި މިރޭ ހުޅުމާލޭ ފަޅުގައި ހިނގި އެކްސިޑެންޓްގައި މީހަކު މޫދަށް ވެއްޓިގެން ހޯދަމުން އަންނަކަމަށް ފުރަތަމަ ފުލުހުން ބުނިނަމަވެސް މި އެކްސިޑެންޓްގައި މީހަކު މޫދަށް ވެއްޓިފައިނުވާކަމަށް ފުލުހުން ބުނެފިއެވެ.
މި އެކްސިޑެންޓްގެ މައުލޫމާތުދިންތާ 15 ވަރަކަށް މިނިޓްފަހުން ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ކުރީގެ މައުލޫމާތު އިސްލާހްކޮށް ބުނެފައި ވަނީ މޫދަށް ވެއްޓުނީ މީހެއް ނޫންކަމަށެވެ.
ދެ ޑިންގީ ޖެހި އެކްސިޑެންޓެއް، މޫދަށް ވެއްޓުނު މީހަކު ގެއްލިގެން ހޯދަނީ
''މޫދަށް ވެއްޓިފައި ވަނީ ޑިންގީގައި ހުރި ބައެއް ތަކެތި، މިތަކެތި މޫދުން ނެގިފައިވޭ'' ފުލުހުން ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!