ދެ ޑިންގީ ޖެހި އެކްސިޑެންޓެއް ހިނގައި މޫދަށް ވެއްޓުނު މީހަކު ގެއްލިގެން ހޯދަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލޭ ވެމްކޯ ޖެޓީ އާއި ދިމާލުގައެވެ.

Ad
rt

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައި ވަނީ ދާދި ދެންމެއަކު ކަމަށެވެ. އަދި އެމީހާ ހޯދުމަށް އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެކްސިޑެންޓްގައި މޫދަށް ވެއްޓުނީ މީހެއްނޫން، ޑިންގީގައި ހުރި ތަކެތި

ނޯޓު: މި ޚަބަރުގައި ދެ ޑިންގީ ޖެހި އެކްސިޑެންޓެއް ހިނގައި މޫދަށް ވެއްޓުނު މީހަކު ގެއްލިގެން ހޯދަމުން އަންނަކަމަށް ފުރަތަމަ ލިޔެފައިވަނީ ފުލުހުން ދިން މައުލޫމާތުގެ މައްޗަށެވެ. އަދި ފަހުން ފުލުހުން ވަނީ އެ މައުލޫމާތު އިސްލާޙްކޮށްފައެވެ. އެ މައުލޫމާތު އިސްލާޙްކޮށް ފުލުހުން އަލުން ދިން މައުލޫމާތުގެ މައްޗަށް ހެދިފައިވާ ޚަބަރުގެ ލިންކް މަތީގައި އެވަނީއެވެ.