މާލޭގެ މަގެއްގައި ދުއްވަމުން ދިޔަ ލޮރީއަކުން ކުލަފާތްތަކެއް މަގުމައްޗަށް ވެއްޓި ބަންޑުވުމުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 12:18 އެހައިކަށްހާއިރު މާލޭގެ ބޮޑުތަކުރުފާނު މަގުގައި، މޫންލައިޓް ހިނގުމާ ގުޅޭ ހިސާބުގައެވެ.
އެ ހިސާބުން ދުއްވަމުން ދިޔަ ލޮރީއެއްގައި ހުރި ކުލަފާޓާތަކެއް މަގުމައްޗަށް ވެއްޓި ކުލަތައް މަގުމައްޗަށް ފައިބާފައިވާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މިކަމާ ގުޅުންހުރި އިދާރާތަކަށް މި މަޢުލޫމާތު ވަނީ ޙިއްޞާކޮށްފައިވާނެ ކަމަށެވެ.
މި ހާދިސާއާއި ގުޅޭ ވީޑިއޯ މީސް މީޑިއާގައި ދައުރުވަމުން އަންނައިރު، އެ ލޮރީން ގިނަ އަދަދެއްގެ ކުލަ ޓައްޕުތަކެއް މަގުމައްޗަށް ވެއްޓި، ގިނަ ޓައްޕު ތަކަކުން ކުލަތައް މަގުމައްޗަށް ފައިބާފައި ހުއްޓާ ފެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!