މަޖިލިސް ރައީސްގެ މުސާރައިން ވެސް %50 ނުނަގަން މަޖިލީހުގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲ ނިންމަވައިފިއެވެ.
އަބުދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމަނިކުފާނުގެ މުސާރައިން %50 ނުނަގާގޮތަށް ނިންމަވާފައިވާ ކަމަށެވެ.
މި ނިންމެވުން ނިންމެވީ، ދިވެހި ދައުލަތުގެ އިގްޞާދީ ޙާލަތު ރަނގަޅު ކުރެއްވުމަށްޓަކައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެތެރޭގައި ހިމެނޭ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައިން %10 ކުޑަ ކުރެއްވުމަށް ނިންމެވި ނިއްމެވުމަށް އެއްބާރުލުން ދިނުމުގެގޮތުން ކަމަށް ވެސް އަބުދުއްރަޙީމް ވަނީ ވިދާޅުވެފައެވެ.
އަބުދުއްރަހީމް މި ނިންމެވުން ނިންމަވާފައިވާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެސް ވަނީ މުސާރައިން %50 ނުނަގަން ނިންމަވައި، ސިޔާސީ މަގާމުތަކުގެ މުސާރައިން %10 އުނިކޮށް ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމެވިކަން މިރޭ ޢިއުލާން ކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!