ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހޯދަނީ
ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހޯދަން ފުލުހުންގެ ޚިދުމަތުން މިއަދު ޢިއުލާންކޮށްފިއެވެ. ފުލުހުން ބުނީ މަކަރާއި ހީލަތުގެ މައްސަލައެއްގައި ހޯދަން ޢިއުލާންކޮށް، ތަހުގީގަށް ހާޒިރުވާން އަންގާފައިވާ ދެ މީހުންނަކީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ދެ މީހުންކަމަށެވެ. މި ދެ މީހުންނަކީ މ. މުލައް ގަނދަކޯޅިމާގެ އުމުރުން 25 އަހަރުގެ އަޙްމަދު ރާއިފް އާއި ގ. ރަންނާޅިގެ […]