މީސް މީޑިއާ ޕްލެޓް ފޯމް، ޓިކްޓޮކްގައި ދިވެހި ދެ އަންހެނަކު ޒުވާބުކޮށް، އެކަކަށް މަރުގެ އިންޒާރު ދިން މައްސަލައެއް ސަމާލުކަމަށް އައިސްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނީ، އެ މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައުމުން ބަލަންޖެހޭކަންކަން ބަލަމުން އަންނަކަމަށެވެ.

Ad
rt

މި ޒުވާބު ހިނގާ ހިނގާފައި ވަނީ ޓިކްޓޮކް ތަރި ސަމާ އާއި އަސްލޭ ކިޔާ އަންހެނަކާ ދެމެދުއެވެ.

މިކަމާއި ގުޅިގެން ސަމާ ވަނީ އޭނާ އަށް އިންޒާރު ދިން ލައިވްގެ ވީޑިއޯ ހިމަނާ ފޭސްބުކްގައި ދިގު ޕޯސްޓެއް ވެސް ކޮށްފައެވެ.

ސަމާ ޕޯސްޓް ކުރި ވީޑިއޯގައި އޭނާ އަށް ދިން އިންޒާރުގައި "މާލެ ފަސްގަނޑަށް އެރޭހާ އަވަހަށް ކަރުބުރިކޮށްލާނެ" ކަމަށް ބުނެފަ އެވެ.

އެއީ މީހާ އިންޒާރު ދިނީ އޭނާގެ ކުޑަދަރިފުޅާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވާ ކަމަށް ބުނެ އެވެ. ނަމަވެސް ސަމާވަނީ އެކަމަށް އިންކާރުކޮށްފައެވެ.