''ޑޮލަރު ގަވާއިދު ބަދަލެއް ނުކުރާނަން، ސަރުކާރު އޮންނާނީ 100% ރައްޔިތުންނާ އެކީގައި''
ބޭރުފައިސާގެ ޤަވާއިދަށް ގެނައި އިސްލާހު ބަދަލު ނުކުރަށްވާނެ ކަމަށާއި، މި ސަރުކާރު އޮންނާނީ 100% ރައްޔިތުންނާ އެކީގައި، ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ސަރުކާރަށް އެއް އަހަރު ފުރުމާއި ގުޅިގެން ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ރައީސް މުޢިއްޒު ވަނީ ބޭރުފައިސާގެ ގަވާއިދަށް ބަދަލު ގެނައުމަށް ސަރުކާރުން ނިންމެވި ސަބަބުތައް ވިދާޅުވިއެވެ. މިގޮތުން މި އިސްލާޙްގެ ސަބަބުން ލިބޭނެ ފައިދ...