މިޔަރެއް ހަމަލާދިނުމުން ޒަޚަމްވި ފަތުރުވެރިއަކަށް ފަރުވާދެމުން އެބަދެއެވެ.
ފުލުހުން ބުނީ، މާފުށީގައި ޑައިވިންގ އަށް ގޮސް އުޅުނު ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދީ ޒަޚަމްވުމާ ގުޅިގެން، އެ ފަތުރުވެރިޔާއަށް މިހާރު ފަރުވާދެމުން އަންނަ ކަމަށެވެ.
އެ ފަތުރުވެރިޔާ އަށް ފަރުވާދެމުން ދަނީ ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ.
ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގައި ޒަޚަމްވެފައިވަނީ 45 އަހަރުގެ ޗައިނާގެ އަންހެނެކެވެ.
އޭނާގެ ހާލަތު ރަނގަޅު ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!