ނެޝަނަލް ފަރޓިލިޓީ ސެންޓަރާއި ހައިބްރިޑް ކެތު ލެބް މިރޭ އިފްތިތާހުކޮށްފިއެވެ.
ނެޝަނަލް ފަރޓިލިޓީ ސެންޓަރާއި ހައިބްރިޑް ކެތު ލެބް އިފްތިތާހުކޮށްފައި ވަނީ ޓަރޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވުމަށް ބާއްވާ ރަސްމިއްޔާތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު އެވެ.
މިދިޔަ ނޮވެމްބަރު މަހު މާލެ ހޮސްޕިޓަލްސް ގްރޫޕުގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ވަނީ ސަރުކާރު ހޮސްޕިޓަލެއްގައި އައިވީއެފް ޚިދުމަތް ތައާރަފްކުރާނެކަމަށް ވިދާޅުވެފައެވެ.
ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއްގޮތުގައި ދަރުމަވަންތަ ރަސްމީކޮށް ހުޅުވައިފި
ނެޝަނަލް ފަރޓިލިޓީ ސެންޓަރ އިފްތިތާހްކުރިއިރު، ދަރިމައިވުމުގެ މައްސަލައަކީ ރާއްޖޭގެ އާބާދީގެ ނިސްބަތުން އިތުރުވަމުން އަންނަ މައްސަލައެކެވެ. ދަރިން ނުލިބޭ މީހުން އައިވީއެފްގެ ޚިދުމަތް ހޯދުމަށް ރާއްޖެއިން ބޭރުން ޚިދުމަތް ހޯދަން ޖެހުމުން ބޮޑު ޚަރަދަކާއި ތަކުލީފެއް ދިޔައީ ތަހައްމަލު ކުރަމުންނެވެ. ރާއްޖޭގައި ޓްރީޓޮޕް ހޮސްޕިޓަލުން ކުރިން ވަނީ މި ޚިދުމަތް ތަޢާރަފް ކޮށްފައެވެ.
ދަރުމަވަންތަ ހޮސްޕިޓަލް ޓަރޝަރީ ފެންވަރުގައި ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިއްޙަތާބެހޭ ވަޒީރު އަބްދުﷲ ނާޒިމް ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް ބައްލަވާ، އެކަންކަން ހައްލުކޮށްދެއްވުމަށްކަމަށެވެ.
މިގޮތުން ދިވެހި ރައްޔިތުންނަށް ކުރިއަށްއޮތް 4 އަހަރު ސިއްހީ ދާއިރާއަށް ގެންނަ ތަރައްްޤީއާއި ކުރިއެރުމުން ފެންނާނީ ރާއްޖޭގެ ސިއްހީ ނިޒާމުގައި މުޅިން އައު ބާބެއް ލިޔެވިގެންދާ މަންޒަރުކަމަށް ވަޒީރު ވިދާޅުވެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!