ހުޅުމާލެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް އަޕްގްރޭޑްކޮށް މިއަދު ހުޅުވައިދެއްވައިފިއެވެ.
އެ ހޮސްޕިޓަލްގައި މިއަދު އޮތް ރަސްމިއްޔާތުގައި އައި ޚިދުމަތްތަކާއެކު މި ހޮސްޕިޓަލް ހުޅުއްވައިދެއްވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ.
މިކަމަށް ބޭއްވުނު ރަސްމިއްޔާތުގައި ރައީސް ވަނީ ހުޅުމާލެ ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސް، އިންޓެންސިވް ކެއަރ ޔުނިޓް (އައި.ސީ.ޔޫ.)، ނިއޯނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓް (އެން.އައި.ސީ.ޔޫ.) އަދި ސެންޓްރަލް ސްޓެރިލައިޒޭޝަން ޑިޕާޓްމަންޓް (ސީ.އެސް.ޑީ) ގެ ޚިދުމަތްތައް ވެސް ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ.
މި ރަސްމިއްޔާތުގައި ރައީސް ވަނީ ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ތަޢާރަފްކުރެވުނު ޚިދުމަތްތަކާ ބެހޭ ވީޑިއޯ ރިޕޯޓެއް ބައްލަވާލައްވާފައެވެ.
މީގެ އިތުރުން، މި ރަސްމިއްޔާތުގައި ހުޅުމާލެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރުގައި ހިންގުމުގެ ރެޖިސްޓްރޭޝަން އަދި އޮޕަރޭޓިންގ ލައިސަންސް ވެސް އެ ހޮސްޕިޓަލާ ހަވާލުކުރެއްވިއެވެ.
ހުޅުމާލެ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް އަޕްގްރޭޑްކޮށް މިއަދު ހުޅުވިއިރު، ރައީސް ރޭ ވަނީ ޓަރޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލް ވެސް ހުޅުވައިދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!