ފެނަކައިން އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުން އިތުރުކުރުމަށް މުހިއްމު ގިނަ މަސައްކަތްތަކެއް
ދިވެހިރާއްޖޭގައި ލިބެންހުރި ހަކަތައިގެ ވަސީލަތްތަކުގެ ބޭނުން އިތުރުކޮށް ތިމާވެއްޓާ ރައްޓެހި ގޮތުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ފެނަކަ ކޯޕަރޭޝަނުން ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދޭ ކަމެއްކަމުގައި އެ ކުންފުނިން ހާމަކޮށްފިއެވެ. ފެނަކައިން ވަނީ އަވިން ކަރަންޓު އުފައްދާ ސޯލާ ޕީވީ ސިސްޓަމްތައް ހަރުކުރުމަށް މުހިއްމު މަޝްރޫއުތަކެއް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެ ތެރޭގައި މުޅިން އަލަށް ފެށި ޕްރޮގްރާމްތަކާއި ކުރިން ފެށިގެން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްތ...