ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު މިއަދު ރާއްޖެ ގެނެސްފިއެވެ.

ޤައުމީ އެއާލައިންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު، އެއަރބަސް އޭ330، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ޖައްސާފައިވަނީ މިއަދު ހަވީރު 5:00 ހާއިރުއެވެ.

Ad
rt

މި ބޯޓު ވީއައިއޭ އަށް ޖެއްސިއިރު، ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ދެ ކަނބަލުންނާއި، ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަޙީމް ޢަބުދުﷲ އަދި ސަރުކާރާއި މޯލްޑިވިއަންގެ އިސްވެރިން އެއާޕޯޓުގައި ތިއްބެވިއެވެ.

މި ބޯޓު ވެލާނާ އެއާޕޯޓުގެ ރަންވޭގައި ޖެއްސުމާއެކު ބޯޓަށް ވޯޓާ ސެލިއުޓެއް އަރުވާފައެވެ.

މޯލްޑިވިއަނުން ގެނައި ވައިޑް-ބޮޑީ މަތިންދާބޯޓު ފުރަތަމަ ދަތުރުތައް ފަށާނީ ޗައިނާއަށެވެ. މިގޮތުން މޯލްޑިވިއަންގެ ވައިޑް ބޮޑީގެ ދަތުރުތައް ޗައިނާގެ ތިން ސިޓީއަށް ހަފްތާއަކު ތިން ދަތުރުކުރުމަށް ވަނީ ނިންމާފައެވެ. ފަހުން ޔޫރަޕާއި ސައުތު އެފްރިކާއަށް ދަތުރުފުޅާކުރުމަށް ވެސް އެ ކުންފުނިން ވަނީ ނިންމާފައެވެ.

މޯލްޑިވިއަނުން ގެންނަ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓަކީ 3 ކުލާސް ހިމެނޭ (އިކޮނޮމީ ކްލާސް، ބިޒްނަސް ކްލާސްގެ އިތުރުން ޕްރިމިއަމް ކްލާސް) 264 ގޮނޑީގެ މަތިންދާބޯޓެކެވެ.

މޯލްޑިވިއަންގެ އޮޕަރޭޝަންތަކަށް ގެންނަ ވައިޑް ބޮޑީ އެއަރކްރާފްޓު ބޭނުންކުރުމަކީ ސަރުކާރުގެ މުހިންމު ވަޢުދެކެވެ.