ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމަށް ތުހުމަތުކުރެވޭ 7 ބިދޭސީން ހައްޔަރުކޮށްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާކަމަށް ތުހުމަތުކުރެވޭ ބިދޭސީން ހޯދުމަށް، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި 7 ބިދޭސީއަކު ހައްޔަރުކޮށްފައިވާކަމަށެވެ.

Ad
rt

މި އޮޕަރޭޝަންގައި ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ 4 އަންހެނުންނާއި 3 ފިރިހެނުންނެވެ.

އިމިގްރޭޝަނުން މައުލޫމާތު ދެއްވިގޮތުގައި، މި މައްސަލަ އިތުރަށް ތަޙުޤީޤުކުރުމަށްފަހު، މިހާތަނަށް މީގެތެރެއިން 2 އަންހެނުން ވަނީ ރާއްޖެ އަނބުރާ ނާދެވޭގޮތަށް ޑިޕޯޓު ކޮށްފައެވެ. އަދި ބާކީ ތިބި 5 ބިދޭސީން ޑިޕޯޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާކަމަށް ތުހުމަތުކުރެވޭ ބިދޭސީން ހޯދުމަށް، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގަމުން އަންނަ ހާއްސަ އޮޕަރޭޝަންތަކުގައި މީގެ ކުރީން ވެސް އެކިފަހަރުމަތިން ބިދޭސީން އަތުލައި ޑީޕޯޓްކޮށްފަވެއެވެ.