މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,459 Stories
3,747 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

މާލޭގައި ފެން ބޮޑުވުން: 36 ގޭބިސީގެ 226 މީހުންނަށް އެހީތެރިކަން ފޯރުކޮށްދިން
Raajje

މާލޭގައި ފެން ބޮޑުވުން: 36 ގޭބިސީގެ 226 މީހުންނަށް އެހީތެރިކަން ފޯރުކޮށްދިން

ވިއްސާރާގައި މާލޭގައި ފެން ބޮޑުވުން: 36 ގޭބިސީގެ 226 މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފި އިއްޔެ މުޅި ރާއްޖެއަށް ކުރި ގަދަ ވިއްސާރާގައި މާލޭގައި ފެންބޮޑުވެ، ގޭގެއަށް ލިބުނު ގެއްލުންތަކުގެ ސަބަބުން 36 ގޭބިސީއެއްގެ 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ފޯރުކޮށްދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ. އެންޑީއެމްއޭ އިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މާލޭގައި ފެންބޮޑުވެގެން އެކިއެކި އެހީތަކަށް އެދި 774 ތަނަކުން ރިޕޯޓުކޮށްފައިވެއެވެ. މީ...

އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި މާސްކް އެޅުން އަލުން މަޖުބޫރުކޮށްފި
International

އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި މާސްކް އެޅުން އަލުން މަޖުބޫރުކޮށްފި

އެމެރިކާގެ އެކި ސްޓޭޓްތަކުގައި ކޮވިޑް-19 އާއި އިންފްލުއެންޒާ ފަދަ ބަލިތައް އިތުރުވަމުން ދިއުމާ ގުޅިގެން، ބައެއް ސްޓޭޓްތަކުގައި މާސްކް އެޅުން އަލުން މަޖުބޫރު ކުރަން ފަށައިފިއެވެ. ކްރިސްމަސް އަދި އައު އަހަރުގެ ޗުއްޓީ ނިމި، މިލިއަނުން މީހުން މަސައްކަތަށް ނުކުންނަމުންދާއިރު، އެމެރިކާގައި މިހާރު ވަނީ “ކުއަޑް-ޑެމިކް” އަކާ ކުރިމަތިލާން ޖެހިފައެވެ. މިއީ ކޮވިޑް-19، އިންފްލުއެންޒާ، އާރް.އެސް.ވީ (ރެސްޕިރޭޓަރީ ސިންސިޓިއަލް ވައިރަސް) އަދި ނޮރޯވައިރަސް (ބަނޑުގެ ފްލޫ) ގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތެކެވެ. ރ...

ޒަރޫރީކަމެއްގައި ނޫނީ ބޮޑެތި އުޅަނދުތައް ނުދުއްވަން އެދިއްޖެ
Raajje

ޒަރޫރީކަމެއްގައި ނޫނީ ބޮޑެތި އުޅަނދުތައް ނުދުއްވަން އެދިއްޖެ

މާލޭގެ މަގުތައް އާންމު ހާލަތަކަށް އަންނަންދެން ބަރު އުޅަނދުތަކާއި، ހަތަރު ފުރޮޅުލީ އުޅަނދުތައް ޒަރޫރީ ބޭނުމެއްގައި ނޫނީ ނުދުއްވަން  ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ، ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ ގޭގެއަށް ފެންވަނުމުގެ ހާދިސާތައް ހިނގަމުން އަންނަ ކަމަށެވެ. އެހެންވެ މަގުތަކުގައި ފެންހިނދި މަގުތައް އާންމު ހާލަތަކަށް އަންނަންދެން ބަރު އުޅަނދުތަކާއި، ހަތަރު ފުރޮޅުލީ އުޅަނދުތައް ޒަރޫރީ ބޭނުމެއްގައި ނޫނީ ނުދުއްވަން އެދޭކަމަށް ފުލުހުން ބުންޏެވެ....

ވީއައިއޭ އަށް މިރޭ ބާއްވާ ބަސް ދަތުރުތައް އިތުރުކޮށްފި
Raajje

ވީއައިއޭ އަށް މިރޭ ބާއްވާ ބަސް ދަތުރުތައް އިތުރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް، އެމްޓީސީސީން ދެމުން އަންނަ އާރުޓީއެލް ބަހުގެ ޚިދުމަތުގެ ވަގު މިރޭ 1:00 އާއި ހަމައަށް އިތުރުކޮށްފިއެވެ. އެމްޓީސީސީން ބުނީ މިއަދަކީ ވީއައިއޭ އަށް ވަރަށް ބާރުބޮޑު ދުވަހަކަށްވެފައި އަދި މޫސުން ވެސް ގޯސް ދުވަހަކަށްވުމުން، އެ ކުންފުނިން ދެމުން އަންނަ އާރުޓީއެލް ބަހުގެ ޚިދުމަތުގެ ވަގު މިރޭ 1:00 އާއި ހަމައަށް ދެމުންދާނެ ކަމަށެވެ. މިގޮތަށް ދަތުރުތަކުގެ ވަގުތު އިތުރުކުރީ އަދިވެސް ގިނަ ބަޔަކު އެއާޕޯޓުން ގެއަށް ދިޔުމަށް ދަތިތައް […]

މުޅި މާލޭގައި ފެން ބޮޑުވެއްޖެ
Raajje

މުޅި މާލޭގައި ފެން ބޮޑުވެއްޖެ

މިހާރު ކުރަމުންދާ ވިއްސާރާގައި މުޅި މާލޭގައި ހެން ފެން ބޮޑުވެއްޖެއެވެ. މާލެ އަށް ދަނީ މިއަދު ހެނދުނުއްސުރެ ހެން ވާރޭ ވެހެމުންނެވެ. މި ވިއްސާރާގައި މާލޭގެ ގިނަ ސަރައްދުތަކުގައި ވަނީ ފެން ބޮޑުވެފައެވެ. ބޮޑުތަކުރުފާނުމަގުން ފަތާ ޓްރެކް ސަރައްދުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާއި ހަަމައަށް ވަރަށްބޮޑަށް ފެން ބޮޑުވެފައިވާއިރު، އައިޖީއެމްއެޗް ހޮސްޕިޓަލުން ފެށިގެން ވެސް ބޮޑު ސަރަހައްދަކަށް ކަކުލާއި ހަމައަށް ވަނީ ފެން ބޮޑުވެފައެވެ. ވާރޭ ވެހެމުން އާންމުގޮތެއްގައި ފެންބޮޑުވާ އައިޖީއެމްއެޗް ހޮސްޕިޓަލާއި،...

ބައެއް އަތޮޅުތަކަށް އޮރެންޖު އިންޒާރު، ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ
Raajje

ބައެއް އަތޮޅުތަކަށް އޮރެންޖު އިންޒާރު، ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ

ރާއްޖެ އަށް ކުރަމުން އަންނަ ވިއްސާރާގައި ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށް އޮރެންޖް އިންޒާރު ނެރެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މި އަތޮޅުތަކަށް ނެރުނު ސަމާލުގެ މެސެޖުގެ ޗަގުތަކީ 15:00 އިން މިރޭ 19:00 އަށެވެ. މި ވަގުތުތަކުގައި މި އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ގުގުރައި އަދި ފެން ބޮޑުވާނެކަމަށް ލަފާކުރެވޭކަމަށް މެޓުން ބުންޏެވެ. މޫސުމާ ގުޅިގެން ނެރޭ އެލާޓްތައް: ހުދު ސަމާލު: މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، […]

ދެ ރަށަކަށް އުދައަރައިގެން، ހަތަރު ރަށެއްގައި ފެން ބޮޑުވެގެން ރިޕޯޓްކޮށްފި
Raajje

ދެ ރަށަކަށް އުދައަރައިގެން، ހަތަރު ރަށެއްގައި ފެން ބޮޑުވެގެން ރިޕޯޓްކޮށްފި

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ދެ ރަށަކަށް އުދައަރައިގެން، ހަތަރު ރަށެއްގައި ފެން ބޮޑުވެގެން މިހާތަނަށް ރިޕޯޓު ލިބިފައިވާކަމަށް ނެޝަނަލް ޑިސާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން (އެންޑީއެމްއޭ) ބުނެފިއެވެ. އެންޑީއެމްއޭ އިން ބުނީ، ބޯކޮށް ވާރޭ ވެހުމާާއި އުދަ އެރުމުގެ ސަބަބުން މިހާތަނަށް ހަ ރަށެއްގައި ފެންބޮޑުވެގެން ރިޕޯޓު ލިބިފައިވާ ކަމަށެވެ. އުދައަރައިގެން ފެން ބޮޑުވެގެން ރިޕޯޓުކޮށްފައި ވަނީ ށ.ނަރުދޫ އަދި ރ. އިނގުރައިދޫ އަށެވެ. ވާރޭ ވެހި ފެންބޮޑުވެގެން ރިޕޯޓުކޮށްފައި ވަނީ ދ. ކުޑަހުވަދޫ، ދ.މީދޫ...

ނަރުދޫ އަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ
Raajje

ނަރުދޫ އަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ށ.ނަރުދޫ އަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. ނަރުދޫއަށް އުދައަރަމުންދާތާ ތިން ދުވަސްވަރު ވެފައިވާއިރު، ރޭ އެރި އުދާގައި ރަށުގެ 12 ވަރަކަށް ގެއަށާއި، ކައުންސިލް އިމާރާތަށާއި އަދި ފެނަކަ އިމާރާތަށް ވަނީ ލޮނުވަދެފައެވެ. މީގެ އިތުރުން ރަށުގެ ދަނޑުބިންތަކަށް، ޚާއްޞަކޮށް ފަތްކެޔޮ ދަނޑުތަކަށް ވަނީ ވަރަށް ބޮޑަށް ލޮނުގެ އަސަރުކޮށް، ގެއްލުންތައް ވެފައެވެ. މިކަމާއި ގުޅިގެން ނަރުދޫން ”ތިލަދުން” އަށް މައުލޫމާތު ދިން މީހަކު ބުނީ ގެތަކަށް ވަންނަމުން ދިޔަ ލޮނު ރައްކާތެރިވުމަށް ރަށުގެ ރައްޔިތުން […...

ރަޝިއާގައި އަސަދު އަވަހާރަކޮށްލަން ޒަހަރު ދީފައިވާކަމުގެ އަޑުތަކެއް
International

ރަޝިއާގައި އަސަދު އަވަހާރަކޮށްލަން ޒަހަރު ދީފައިވާކަމުގެ އަޑުތަކެއް

ރަޝިއާގެ ހިމާޔަތުގައި ހުންނެވި ސީރިއާގެ ކުރީގެ ރައީސް ބަޝާރު އަލް އަސަދު އަވަހާރަކޮށްލަން ޒަހަރު ދީފައިވާކަމަށް، ރަޝިޔާގެ ކުރީގެ އިސް ޖާސޫސެއް ހިންގާ ކަމަށް ބުނާ އޮންލައިން އެކައުންޓް “ޖެނެރަލް އެސްވީއާރު” އާއި ހަވާލާދީ ބައިނަލްއަގްވާމީ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފިއެވެ. ސީރިއާގެ ޤާނޫނީ ސަރުކާރާއި ދެކޮޅަށް ހަނގުރާމަކުރި ޖަމާޢަތްތަކުގެ ބާރުގެ ދަށަށް 8 ޑިސެމްބަރު 2024 ގައި ވެރިރަށަށް ދިމިޝްޤު ގެނައުމާއެކު އަސަދު ޢާއިލާއާއިއެކު ވަނީ ރަޝިޔާ އަށް ވަޑައިގެން އެ ޤައުމުން ހިމާޔަތް ހޯއްދަވާފައެވެ. ރަޝިޔ...

ވީއައިއޭ އަށް މާދަމާ ބާރު ބޮޑު، ތިން ގަޑިއިރުކުރިން ދާން އެދިއްޖެ
Raajje

ވީއައިއޭ އަށް މާދަމާ ބާރު ބޮޑު، ތިން ގަޑިއިރުކުރިން ދާން އެދިއްޖެ

މާދަމާއަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް ވަރަށް ބާރު ބޮޑު ދުވަހަކަށް ވާނެ ކަމަށް ބެލެވޭތީ، ދަތުރުވެރިން ތިން ގަޑިއިރު ކުރިން އެއަރޕޯޓަށް އައުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އެދިއްޖެ އެވެ. މިކަން މިހެން ދިމާވަނީ އުމްރާގެ އަޅުކަން އަދާކުރަން ސައުދީ އަރަބިއްޔާއަށް ދިޔަ ގިނަ ބަޔަކު މާދަމާ އެނބުރި ރާއްޖެއަށް އަންނާތީ އެވެ. އެމްއޭސީއެލްއިން ބުނި ގޮތުގައި މިކަމާ ގުޅިގެން އެއާޕޯޓުގެ މަގުތަކާއި ޓާމިނަލް ސަރަޙައްދުތަކުގައި ބޮޑު ތޮއްޖެހުމެއް އުޅޭނެކަމަށް...

އެސްޓީއޯ ''މާފަންނު ފާމަސީ'' ހުޅުވައިފި
Business

އެސްޓީއޯ ''މާފަންނު ފާމަސީ'' ހުޅުވައިފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ)ގެ އާ ފާމަސީއެއް މާލޭގެ މާފަންނުގައި ހުޅުވައިފިއެވެ. ”އެސްޓީއޯ މާފަންނު ފާމަސީ” ނަމުގައި ހުޅުވި މި ފާމަސީ ހުޅުވާފައި ވަނީ  މަޖީދީ މަގު، ވެލިގާ ހާޑްވެއާގެ އަނެއް ކަންމަތީގަ އެވެ. އެސްޓީއޯގެ މާފަންނު ފާމަސީއަކީ ޒަމާނީ ކޮންސެޕްޓަކަށް ތަރައްގީކޮށްފައިވާ ތަނެކެވެ. މިތަނުން ހިދުމަތް ހޯދާ ފަރާތްތަކަށް ބޭހާއި، ހޮސްޕިޓަލް އަދި ގޭގައި ބޭނުންކުރުމަށް ގެންގުޅޭ މެޑިކަލް އިކުއިޕްމަންޓުތައް ލިބެން ހުންނާނެއެވެ. މީގެ އިތުރުން ހޯމްކެއާ އަދި ޕާސަނަލް ކެއ...

ޒަކާތު ފަންޑުން މަތީ ތަޢުލީމަށް އެހީދޭ ދޭގޮތުގެ އުސޫލު ނެރެފި
Raajje

ޒަކާތު ފަންޑުން މަތީ ތަޢުލީމަށް އެހީދޭ ދޭގޮތުގެ އުސޫލު ނެރެފި

ޒަކާތު ފަންޑުން މަތީ ތަޢުލީމު ހާސިލުކުރުމަށް އެހީދިނުމުގައި ޢަމަލުކުރާނެ އައު އުސޫލެއް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނެރެފައެވެ. މި އުސޫލުގެ ދަށުން، ރާއްޖެއިން ބޭރަށް ކިޔަވަން ދާ ދަރިވަރުންނަށް ދެކޮޅު ޓިކެޓުގެ ޚަރަދާއި، ކޯހުގެ ޓިއުޝަން ފީ، ވިސާގެ ޚަރަދު، ކޯސް ރަޖިސްޓްރޭޝަން ޚަރަދު، އަދި ހެލްތު އިންޝުއަރެންސްގެ އިތުރުން އެސްޓެބްލިޝްމެންޓް އެލަވަންސް ދެވޭނެއެވެ. މީގެ އިތުރުން، ސްޓައިޕެންޑާއި ފޮތްތަކަށް ކުރަންޖެހޭ ޚަރަދު ވެސް މި އެހީގެ ތެރޭގައި ހިމެނޭނެއެވެ. ރާއްޖޭގައި ކިޔަވަން ހޮވޭ ދަރިވަރ...

ރައީސްގެ އާ އަހަރުގެ ތަހުނިޔާ ބޭރު ޤައުމުތަކުގެ އިސްވެރިންނަށް
Raajje

ރައީސްގެ އާ އަހަރުގެ ތަހުނިޔާ ބޭރު ޤައުމުތަކުގެ އިސްވެރިންނަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މީލާދީ އައު އަހަރުގެ ތަހުނިޔާ، އެކުވެރި ޤައުމުތަކުގެ އިސް ވެރިންނަށާއި، ސަރުކާރުތަކަށް ފޮނުއްވައިފިއެވެ. ރައީސް އޮފީހުން މިއަދު ބުނެފައިވާ ގޮތުގައި، ރައީސް ދެކަނބަލުންގެ ތަހުނިޔާ މެސެޖުގައި މިފެށޭ އައު އަހަރަކީ ތަނަވަސްކަމާއި އުފާފާގަތި ކާމިޔާބު އަހަރަކަށް ވާނޭ ކަމުގެ އުންމީދު ކުރައްވާކަމުގައި ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ ޖަމްޢިއްޔާޖަމާޢަތްތަކުގެ ވެރިންނަށާއި ރެސިޑެންޓް ޑިޕްލޮމެޓ...

ޑޮލަރު މާރުކުރަން ލާޒިމްކުރާ ގާނޫނަށް އަމަލުކުރަން ފަށައިފި
Raajje

ޑޮލަރު މާރުކުރަން ލާޒިމްކުރާ ގާނޫނަށް އަމަލުކުރަން ފަށައިފި

ރާއްޖޭގައި ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ފާސްކުރި ބޭރު ފައިސާއާއި ބެހޭ ޤާނޫނަށް މިއަދު އަމަލުކުރަން ފަށައިފިއެވެ. މި ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީޤު ކުރެއްވީ 14 ޑިސެމްބަރު 2024 ގައެވެ. މި އައު ޤާނޫނުގެ ދަށުން، ވަކި ފަރާތްތަކަކަށް ބޭރު ފައިސާގެ އާމްދަނީ ބޭންކު އެކައުންޓަކަށް ޖަމާކޮށް، އެ ފައިސާ މާރުކުރުން ލާޒިމްކުރެއެވެ. މި ގޮތުން މާރުކުރަން ޖެހޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުގެ އިތުރުން އަހަރަކު މަދުވެގެން 15 […]

އާ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި
Raajje

އާ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

އާ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މަރުހަބާ ކިޔައިފިއެވެ. އައު އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާ މިސްޓަރ ލުއިސް އާއި އޭނާގެ އާއިލާ އަށް ވީއައިއޭ އިން މަރުހަބާކިޔާފައިވާއިރު، މިސްޓަރ ލުއިސް އާއި އޭނާގެ އާއިލާއިން ވަނީ މީގެ ކުރީން ދިވެހިރާއްޖެއަށް 11 ފަހަރު ޒިޔާރަތްކޮށްފައެވެ. އެހެންކަމުން އެ ޢާއިލާއަކީ ޙަޤީޤަތުގައިވެސް ދިވެހި އާއިލާގެ ބައެއްކަމަށް ވީއައިއޭން ސިފަކޮށްފައިވާއިރު، ރާއްޖޭގެ ކަނޑާއި، ފަސްގަނޑާއި، ރައްޔިތުންދެކެ އެ ޢާ...