ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާގެ ގްރީނަރޖީ ޑޭޓާ ސެންޓަރަށް ޒިޔާރަތްކުރަށްވައިފިއެވެ.
މި ސެންޓަރު ހުންނަނީ އެސްޓޯނިއާގެ ވެރިރަށް ޓަލިންގައެވެ.
ރައީސްގެ މި ޒިޔާރަތުގައި، ސެންޓަރުގެ ފައުންޑަރ އުއްލަރު ޔާކްސޯ ވަނީ އެ ސެންޓަރާ ބެހޭގޮތުން ރައީސަށް ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވައި، ސެންޓަރުގެ މަޤްޞަދުތައް ހިއްސާކުރަށްވާފައެވެ. އަދި ރައީސް ވަނީ އެ ސެންޓަރުގެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ހޯއްދެވިއެވެ.
މި ސެންޓަރަކީ 2020 ގައި އުފެދުނު، ބޯލްޓިކް ސަރަޙައްދުގެ އެންމެ ބޮޑު ޑޭޓާ ސެންޓަރެވެ. އޭ.އައި ޓެކްނޮލޮޖީ ބޭނުންކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ، އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ސެންޓަރެކެވެ.
މި ސެންޓަރުން އެ ސަރަޙައްދުގެ ރަށްތައް ދެމެހެއްޓެނިވި ޑިޖިޓަލް ބަދަލަކަށް ވާސިލުވުމަށްޓަކާ ޚިދުމަތް ހޯދާ ފަރާތްތަކަށް އިތުބާރުކުރެވޭ، ހަރުދަނާ، ދެމެހެއްޓެނިވި ގޮތެއްގައި ޑިޖިޓަލް ވިއުގައަކުން ގުޅާލުމަށް އެހީތެރިވެދެއެވެ.
ރައީސްގެ މި ދަތުރަކީ އެސްޓޯނިއާގެ ރައީސްގެ ދަޢުވަތަކަށް ކުރައްވާ ދަތުރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!