އެސްޓޯނިއާގެ ޓާރްޓޫގައި ހުންނަ ޓާރްޓޫ ޓާރްޓޫ ޔުނިވާސިޓީއާއި އެކުގައި ދިވެހިރާއްޖެ އަށް މަސައްކަތްކުރެވޭނެ ދާއިރާތަކާގުޅޭގޮތުން މަޝްވަރާކުރަށްވައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެސްޓޯނިއާއަަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ އެ ޤައުމުގެދެވަނައަށް އެންމެ ބޮޑު ސިޓީ، ޓާރްޓޫ ސިޓީއަށް ވަޑައިގެންފައެވެ.

Ad
rt

އެ ސިޓީ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އުތުރު ޔޫރަޕްގެ އެންމެ ތާރީޚީ އަދި އެންމެ ޝަރަފްވެރި ޔުނިވަރސިޓީތަކުގެ ތެރޭގައި ހިމެނޭ ޓާރްޓޫ ޔުނިވަރސިޓީ އަށް އެމަނިކުފާނު އިއްޔެ ވަނީ ޒިޔާރަތެއް ކުރަށްވާފައެވެ.

މި ޔުނިވާސިޓީ އަށް ރައީސް އިއްޔެ ކުރެއްވި ޒިޔާރަތުގައި ޓާރްޓޫ ޔުނިވަރސިޓީގެ ރެކްޓަރ ޕްރޮފެސަރ ޓޫމަސް އައްސެރް އާއި އެކު ބޭއްވި ބައްދަލުކޮށްލެއްވުމުގައި ރައީސް ވަނީ އެ ޔުނިވަރސިޓީއާއެކު މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން ސުވާލުކުރައްވާފައެވެ.

މީގެ ތެރޭގައި ދިވެހި ދަރިވަރުންނާއި، މުދައްރިސުންނާއި އަދި އެހެނިހެން ފަންނީ މާހިރުންނަށް ތަޢުލީމާއި، ދިރާސާކުރުމާއި އަދި ތަމްރީނުގެ ފުރުސަތުތަކުގެ ވާހަކަ ހިމެނެއެވެ.

މީގެ އިތުރުން، ޚާއްޞަގޮތެއްގައި މަޝްވަރާތައް އަމާޒުކުރައްވާފައިވަނީ ދިވެހިރާއްޖޭގެ އާންމު ޚިދުމަތްތަކާއި ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ހަރުދަނާކުރުމަށްޓަކައި ޔުނިވަރސިޓީގެ ދިރާސާކުރުމުގެ ޤާބިލުކަން ބޭނުންކުރެވިދާނެ ގޮތްތައް ބަލައި ދެނެގަތުމަށެވެ.

ޓާރްޓޫ ޔުނިވަރސިޓީ އަކީ، ދުނިޔޭގެ ރިސާރޗް ޔުނިވަރސިޓީ ތަކުގެ ތެރެއިން އެންމެ މަތިން ދަރަޖަކުރެވިފައިވާ ރިސާރޗްތަކުގެ 1 އިންސައްތަ ހިއްސާކުރާ ތަނެކެވެ. އެސްޓޯނިއާ ސަރުކާރުގެ މި ރިސާރޗް ޔުނިވަރސިޓީގައި، 100 އަށްވުރެ ގިނަ ޤައުމުތަކުން އައިސްފައިވާ 13 އިންސައްތަ ބައިނަލްއަޤްވާމީ ދަރިވަރުން ހިމެނޭހެން، 14،300 ވަރަކަށް ދަރިވަރުން ކިޔަވަމުންދެއެވެ.

ޖީނޯމިކްސް، ކޮމްޕިޔުޓަރ ސައިންސް އަދި މެޓީރިއަލް ސައިންސްގެ ރޮނގުން ފާހަގަކޮށްލެވޭ މި ޔުނިވަރސިޓީގެ އެސްޓޯނިއާގެ އެކިއެކި ކެމްޕަސްތަކުގައި ޒަމާނީ ވަސީލަތްތައް ޤާއިމުކުރެވިފައިވެއެވެ.