ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެސްޓޯނިއާގެ ޤައުމީ ދާރުލްއާސާރު (އީސްޓީ ރާހްވާ މޫސިއަމް) އަށް ޒިޔާރަތްކުރައްވައިފިއެވެ.

ރައީސް، އެސްޓޯނިއާއަަށް ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ އެ ޤައުމުގެދެވަނައަށް އެންމެ ބޮޑު ސިޓީ، ޓާރްޓޫ ސިޓީއަށް ވަޑައިގެންފައެވެ.

Ad
rt

މި ޒިޔާރަތުގެ ތެރެއިން އެ ސިޓީ ގައި ހުންނަ އެ ޤައުމުގެ ޤައުމީ ދާރުލްއާސާރަށް ޒިޔާރަތްކުރެއްވުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ ދާރުލްއާސާރުގެ ޑިރެކްޓަރ ޑރ. ކޭޓޫ ސަކްސް އެވެ.

މިޒިޔާރަތުގައި ސް ވަނީ، އެ ދާރުލްއާސާރުގެ "އެންކައުންޓަރސް" މަޢުރަޒު ބައްލަވާލައްވައި، ދާރުލްއާސާރުގެ މެހުމާނުން ސޮއިކުރާ ފޮތުގައި ސޮއިކުރައްވާފައެވެ.

ޓާރްޓޫގައި ހުންނަ ޤައުމީ ދާރުލްއާސާރު ޚާއްޞަކޮށްފައިވަނީ އެ ޤައުމުގެ ތާރީޚާއި ޘަޤާފަތާއި އާދަކާދަތައް ދައްކާލުމަށެވެ. އެތަނުގައި ހުރި އެކި މަޢުރަޒުތަކުން، އެ ޤައުމުގެ އެވޭލާ ތާރީޚާއި، ޒަމާނީ އިޖުތިމާޢީ ކުރިއެރުންތަކާއި، އިޖުތިމާޢީ ޝަޚްޞާއި، ތަރިކަ އަދި ފަންނިންޔާތުގެ ތަރައްޤީ ދައްކުވައިދެއެވެ.

ރައީސް މުޢިއްޒު އިއްޔެ ވަނީ ޓާރްޓޫ ސިޓީގައި ހުންނަ ޔުނިވާސިޓީއެއްކަމަށްވާ، އުތުރު ޔޫރަޕްގެ އެންމެ ތާރީޚީ އަދި އެންމެ ޝަރަފްވެރި ޔުނިވަރސިޓީތަކުގެ ތެރޭގައި ހިމެނޭ ޓާރްޓޫ ޔުނިވަރސިޓީ އަށް ވެސް ޒިޔާރަތް ކުރަށްވާފައެވެ.

ރައީސް އެސްޓޯނިއާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ އެޤައުމުގެ ރައީސް ޑޮކްޓަރ އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ.