ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެސްޓޯނިއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ، ޓާރްޓޫ ސިޓީއަށް މިއަދު ވަޑައިގެންފިއެވެ.

މި ޒިޔާރަތަކީ ރައީސް މިއަދު ހޯމަ ދުވަހު އެސްޓޯނިއާއަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން ކުރެއްވި ޒިޔާރަތެކެވެ.

Ad
rt

ރައީސް މިއަދު އެސްޓޯނިއާގެ ޓާރްޓޫ ސިޓީއަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރްޙަބާ ވިދާޅުވީ އެ ސިޓީގެ މޭޔަރ، މިސްޓަރ އަރްމަސް ކްލާސްއެވެ.

ޓާރްޓޫ ސިޓީގެ މޭޔަރ، މިސްޓަރ އަރްމަސް ކްލާސް ވަނީ ރައީސް އަރިހުގައި، އެ ޤައުމުގެ ޓައުން ހޯލް ސްކޮޔަރއަށް ޒިޔާރަތްކުރައްވައި، އެތަނުގެ ތާރީޚީ މުހިންމުކަމާ ބެހޭގޮތުން މަޢުލޫމާތު ހިއްސާކުރައްވާފައެވެ..

އެސްޓޯނިއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީގެ ޓާޓޫ ޓައުން ހޯލަކީ ވިޔަފާރީގެ އިތުރުން އެ ޤައުމުގެ މީހުން އާބާދުވެފައިވާ މައިގަނޑު ސަރަޙައްދުވެސްމެއެވެ.

ރައީސް އެސްޓޯނިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް، ޑޮކްޓަރ އަލާރް ކަރިސްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.